ދެމަފިރިންގެ އުފަލާ ކާމިޔާބީގެ ތަޅުދަނޑިއަކީ ލިބޭ މިންވަރަށް ޚަރަދުކުރަން އެނގުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ދެމަފިރިންގެ އުފަލާ ކާމިޔާބީގެ ތަޅުދަނޑިއަކީ ލިބޭ މިންވަރަށް ޚަރަދުކުރަން އެނގުން!: މުފްތީ މެންކް

އިސްލާމް ދީން އެންމެ ބޮޑަށް ބާރުއަޅާ އެއްކަމަކީ ފުދުންތެރި ދިރިއުޅުމެކެވެ. ޒަވާޖީ ޙަޔާތް ކާމިޔާބުކުރަން ކުރާ މަސައްކަތުގެ އެންމެ ބޮޑު އެއްކަމަކީ ލިބޭ އާމްދަނީއިން ފުއްދަން އެނގުމެވެ. އެކަން ކުރެވޭނީ ބަޖެޓްކޮށްގެން ޚަރަދުތައް ކުރުމެވެ. ޒަވާޖީ ޙަޔާތުގައި މައްސަލަތައް ކުރިމަތިވާ އެންމެ ބޮޑު އެއް ސަބަބަކީވެސް ލިބޭ އާމްދަނީން ނުފުދުންކަން އެއީ ޤަބޫލުކުރަންޖެހޭނެ ކަމެކެވެ. 

ލިބޭ އާމްދަނީ ބޭނުންވާ ކަންކަމަސް ބަހާލައިގެން ޚަރަދުކުރާނަމަ މަދުވެގެން އުޅޭކަށް ނުޖެހޭނެއެވެ. މަސްނިމުމުގެކުރިން އަތްމަތިހުސްވެގެން އުޅޭކަށް ނުޖެހޭނެއެވެ. އިސްލާމް ދީނުގައި ވެސް އޮތީ ލިބޭ މިންވަރުން ޚަރަދުކުރުމަށެވެ. ދަރިވެރިވާންޖެހޭނީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނުކުރެވި މަޖުބޫރުވެ ދެން އެހެން ގޮތެއް ނެތިއްޖެނަމައެވެ. ކޮންމެކަމަކަށް މީހުންގާތު ބުނެ އާދޭސްކޮށް ދަރަނަވެރިވުމަކީ އެކަންކަމަށް ދެވިހިފާ ވަރަށް ނުބައި ޢާދައެކެވެ. އެފަދަ މީހުންނަށް އަބަދުވެސް އުޅެންޖެހޭނީ ދަރަނިން ސަލާމަތް ނުވެވިގެންނެވެ. 

އަވަށްޓެރިން ނުވަތަ ރައްޓެހިން ދިރިއުޅޭ ފެންވަރުގައި ދިރިއުޅެން ނުވެސް ވިސްނާށެވެ! އެހެން މީހުންނަށް ލިބޭތީ ތަނަވަހުގައި ދިރިއުޅުމަކީ އެފެންވަރުގައި ތިމާ ދިރިއުޅެން ބޭނުންވާންވީ ސަބަބެއް ނޫނެވެ. އަދި އެހެން މީހުން ދަރަނިވެރިވެގެން ތަކެތި ހޯދުމަކީ ތިބާ އެގޮތަށް ދަރަނިވެރިވާންޖެހެންވީ ސަބަބެއް ނޫނެވެ. 

އެންމެ މުއްސަނދި މީހަކީ އެހެން މީހަކަށް ކަންކަމު ނުކިޔައި، އާދޭސްނުކޮށް ފުއްދައިގެން ދިރިއުޅޭ މީހާއެވެ. އޭނާގެ މުއްސަނދިކަން ނިކަން ދެކިބަލާށެވެ! ޤިޔާމަތް ދުވަހު މީހަކަށް ދޭންޖެހޭނެ އެއްވެސް އެއްޗެއްވެސް ނުއޮންނާނެއެވެ. އަދި މަރުވުމުން ދަރިންނަށް އުފުލަން ޖެހޭނެ ބުރައެއްވެސް ނުއޮންނާނެއެވެ.

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން