ޢާއިޝަތު ރަފާޙް ޢަލީ
· بسمِ اللَّهِ الَّذي لا يضرُّ معَ اسمِهِ شيءٌ في الأرضِ ولا في السَّماءِ وَهوَ السَّميعُ العليمُ
މާނައީ: އިބަ ﷲ ގެ އިސްމުފުޅުގެ ބަރަކާތުން ރައްކާތެރިކަން ލިބިގަންނަމެވެ. ﷲ ތަޢާލާގެ އިސްމުފުޅުގެ ބަރަކާތާއެކު ބިމާއި އުޑުން އެއްވެސް އެއްޗެއް ގެއްލުމެއް ނުދޭނެއެވެ. އަދި ﷲ އީ މޮޅަށް އައްސަވާ ވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ."
الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net)
· "اللهم إني أعوذ بك من البرص، والجنون، والجذام، ومن سيئ الأسقام"
މާނައީ: ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހުދުބަލިންނާއި، ބުއްދިފިލައިދިޔުމުންނާއި، ޖުޒާމުބަލިންނާއި، އަދި އެންމެހާ ބަލިތަކުގެ ނުބައިކަމުން އިބަރަސްކަލާނގެ ހަޟްރަތުން މިއަޅާ ރައްކާތެރިކަން އެދެމެވެ.
· "اللهم جنبني منكرات الأخلاق، والأهواء، والأعمال، والأدواء "
މާނައީ: އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އެންމެހާ ނުބައި އަޚްލާޤުންނާއި ނުބައި ޢަމަލުތަކުންނާއި ހަވާނަފްސުގެ ނުބައި އެދުންތަކުންނާއި، އެންމެހާ ނުބައި ބަލިތަކުން މިއަޅާ ރައްކާތެރިކޮށް ދުރުކޮށްދެއްވާނދޭވެ."
شرح دعاء "اللهم جنبني منكرات الأخلاق، والأهواء، والأعمال، والأدواء " - الكلم الطيب (kalemtayeb.com)