އަނބިންގެ ލޯބިހޯދަން ދޭ އަގުބޮޑު ހަދިޔާއަށްވުރެ އަނބިން މާބޮޑަށް ބޭނުންވާ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
އަނބިންގެ ލޯބިހޯދަން ދޭ އަގުބޮޑު ހަދިޔާއަށްވުރެ އަނބިން މާބޮޑަށް ބޭނުންވާ ބައެއް ކަންކަން-

އަނބިންގެ ކިބައިން ފުރިހަމަ ގޮތުގައި ލޯބިހޯދަން އެދޭނަމަ އެކަނބަލުން ދިފާޢުކޮށްދޭންޖެހޭ ޙާލަތުގައި ދިފާޢުކޮށްދޭށެވެ. ރައްކައުތެރިކަން ފޯރުކޮށްދޭންޖެހޭ ޙާލަތުގައި ރައްކައުތެރިކަން ފޯރުކޮށްދޭށެވެ. އަދި އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ޙާލަތުގައި އެހީތެރިކަން ފޯރުކޮށްދޭށެވެ.

މީގެ އިތުރުން އަނބިން ދައްކާ ވާހަކައަށް ސަމާލުކަންދީގެން އަޑުއަހާށެވެ! އަޑުއަހާކަން ހާމަވާނެ ގޮތަށް ބަސްބުނެ އިޝާރާތްކުރާށެވެ. ސަމާލުކަންދިންކަން އެނގޭނީ އެއިރުންނެވެ.  

ކުރުގޮތަކަށް މިބުނެލީ ފިރިންގެ ކިބައިން އަނބިން އެންމެ ބޮޑަށް ބޭނުންވާނެ ކަންކަމެވެ. އަދި އަނބިންނަށްޓަކައި މިކަންކަން ކޮށްދޭންވެސް ޖެހޭނެއެވެ. އަނބިންނަށް މިކަންކަން ކޮށްދޭނަމަ އެމީހުން އަބަދުވެސް ތިބޭނީ އުފަލުންނެވެ. އެއީ އެމީހުންނަށް ބޭނުންވާ ހުރިހާ ކަންކަން ފިރިމީހާ ކޮށްދޭނެކަމުގެ ޔަޤީންކަން ލިބޭތީއެވެ.  

ވިސްނައިލާށެވެ! އެކަނބަލުން ދިފާޢުކޮށްދޭންޖެހޭ ޙާލަތުގައި ފިރިމީހާ އެކަންކޮށްނުދޭނަމަ އެކަންކޮށްދޭނީ ކާކުހެއްޔެވެ؟ ރައްކައުތެރިކަން ފޯރުކޮށްދޭންޖެހޭ ޙާލަތުގައި ރައްކައުތެރިކަން ފޯރުކޮށް ނުދޭނަމަ އެކަންކޮށްދޭނީވެސް ކާކުހެއްޔެވެ؟ އަދި އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ޙާލަތުގައި އެހީތެރިކަން ފޯރުކޮށްނުދޭނަމަ އެކަންކޮށްދޭނީ ކާކުހެއްޔެވެ؟  

އަނބިން ދައްކާ ވާހަކައަށް ސަމާލުކަންދީގެން ފިރިމީހާ އަޑުނުއަހާނަމަ އެވާހަކަތައް އޭނާއަށް ދައްކަން ޖެހޭނީ އެހެން މީހެއްގެ ގާތުގައެވެ. ބުނަންހެއްޔެވެ؟ މިއިން ކަމެއް ފިރިމީހާ ކޮށްނުދޭތީ އެހެންމީހެއްގެ އެހީތެރިކަމަށް އެދެންޖެހިއްޖެނަމަ އެހިސާބުން އޭނާގެ ހިތް ބަދަލުނުވާނީ ހާހަކުން އަންތބެކެވެ.  

އެހެންވެ ބައެއް ޢިލްމުވެރިން ވިދާޅުވަނީ އަނބިމީހާއަށް ދެވޭ އަގުބޮޑު ހަދިޔާތަކަށްވުރެވެސް މިކަންކަމުގެ އަގު އަނބިންނަށް ބޮޑުވާނެ ކަމަށެވެ. މާބޮޑަށް އަގުވަޒަންކުރާނެ ކަމަށެވެ.  

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން