އަނބިން ޒީނަތްތެރިވެ، ރީތި ފޭރާންލައި އެހެން މީހުންގެ ސަމާލުކަން ލިބޭގޮތަށް ގެއިން ބޭރަށް ނުކުންނަނީ ފިރިންގެ އިހްމާލުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
އަނބިން ޒީނަތްތެރިވެ، ރީތި ފޭރާންލައި އެހެން މީހުންގެ ސަމާލުކަން ލިބޭގޮތަށް ގެއިން ބޭރަށް ނުކުންނަނީ ފިރިންގެ އިހްމާލުން!: މުފްތީ މެންކް

ދިރިއުޅުމުގެ ހުރިހާ ކަންކަން އެކޮޅުކޮޅުން ޖަހަމުން ގޮސް ފޭރާންލުމުގެ ކަންތައްވެސް މިއަދު މިވަނީ އެކޮޅުކޮޅުން ޖަހައިފައެވެ. މިޘާލަކަށް އަނބިން ރީތި ފޭރާންލައި ޒީނަތްތެރިވާނީ ގޭގައި ފިރިމީހާގެ ކުރިމަތީގައި އުޅޭއިރަކު ނޫނެވެ. ގެއިން ބާރަށް ނުކުންނަންވުމުންނެވެ. 

މިކަން މިހެންމިވަނީ ކީއްވެގެންކަމާއިމެދު ވިސްނައިލަމާ ހިނގާށެވެ. 

ފުރަތަމަ ކަމަކީ ގޭގައި ކިތަންމެ ވަރަށް ޒީނަތްތެރިވެ ރީތި ހެދުންލައިގެން އުޅުނަސް ބަލައި ތަޢްރީފްކުރުމެއް ނެތެވެ. އެކަންކުރާނެ މީހަކު ނުހުރެއެވެ. ނަމަވެސް ރީތިވެގެން ބޭރަށް ނުކުމެއްޖެނަމަ މީސްތަކުންގެ ތަޢްރީފްލިބެއެވެ. 

ކޮންމެ މީހަކީވެސް އެމީހަކު ކުރާ ކަންކަމަށް އެހެން މީހުންގެ ތަޢްރީފް ލިބެން ބޭނުންވާނެ މީހެކެވެ. އެހެންވީމާ ގޭތެރޭގައި ޒީނަތްތެރިނުވެފައި ގެއިން ބޭރަށް ނުކުންނައިރު ޒީނަތްތެރިވަނީއެވެ. 

އެހެނަސް މިކަމުގެ އަޞްލަށް ބަލައިފިނަމަ ކަންތައްކުރަން އޮތީ އެގޮތަކަށް ނޫނެވެ. ގެއިން ނުކުންނަންވުމުން ޒީނަތްތެރިވުމެއް ނެތެވެ. އޮތީ މުޅިހަށިގަނޑު ފޮރުވޭނެ ފަދަ ފޭރާމެއްލައި ފޮރުވިގެން ހުރެ ނުކުމެވެ. 

ސަބަބަކީ ބޭރުގައި އުޅެން އޮތީ އެހެން މީހުންގެ ސަމާލުކަން ނުލިބޭނެ ގޮތަށެވެ. މީސްތަކުންނަށް ކާކުކަންވެސް ނުއެނގޭނެ ފަދައިންނެވެ. މާނައަކީ އަޞްލު ސޫރަ ނުވަތަ ހަށިގަނޑުގެ ރީތިކަން ހިލޭ މީހުންނަށް ދެއްކުމެއް ނެތެވެ. 

މިކަންކަން އިޞްލާޙްކުރެވޭނީ ފިރިން އެކަމަށް ސަމާލުކަންދީގެންނެވެ. ގޭތެރޭގައިވެސް ފިރިންގެ ސަމާލުކަން އަނބިންނަށް ދީގެންނެވެ. އެހެން މީހުންގެ ބެލުންތަކުން އަނބިން ސަލާމަތްކުރެވޭނީ އެއިރުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން