ހިނެވިފަހުން މޫނުއަނދާ، މޫނު ހިލަގަނޑަކަށްވެ، ހަށިގަނޑު ކައްވަޅަށް ތިރިކުރަން ހުރަސްއެޅުނު އަންހެނެއްގެ ވާހަކަ..

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ހިނެވިފަހުން މޫނުއަނދާ، މޫނު ހިލަގަނޑަކަށްވެ، ހަށިގަނޑު ކައްވަޅަށް ތިރިކުރަން ހުރަސްއެޅުނު އަންހެނެއްގެ ވާހަކަ..

ކޮންމެ ޙާލެއްގައިވެސް ނަމާދުކުރަން ބުނުމުން އެއަޑު އިވޭކަމަށްހަދަނީ މަދު މީހެކެވެ. ނަމާދުނުކޮށް ހުންނަން ބިރުގަންނަނީ މަދދުމީހެކެވެ. އެހެންކަމުން އެފަދަ މީހުންނަށް ވިސްނައިދެވޭތޯ މިވަނީ މަސައްކަތްކުރަންޖެހިފައެވެ. އެހެންވެ މިގެނެސްދެނީ ހިނގާފައިވާ ވަރަށް ބިރުވެރި ޙާދިސާއެއްގެ ވާހަކައެވެ. 

އެއީ މަރުވެގެން ސަހަރާއަށް ވަޅުލަން ގެނެވުނު އަންހެނެކެވެ. އާދައިގެމަތިން ހިނަވައި ކަފުންކޮށްގެން ކައްވަޅު ކައިރިއަށް ގެންގޮސް އާދައިގެމަތިން އަށިގަނޑު ކައްވަޅު ކައިރީގައި ބަހައްޓާފައި އަށިގަނޑުން ހަށިގަނޑު ނަގަން އުއުޅެވެސް އެކަން ކރެވޭނެ ގޮތެއް ނުވިއެވެ. 

އޭނާގެ 6 ފިރިހެން ދަރިންނާއި އިތުރު އެތައް ބައަކު މަސައްކަތްކޮށްކޮށްވެސް ހަމަ ހިއްލައިވެސް ނުލެވުނެވެ. އިމާމަށް ގޮތް ހުސްވުމުން އެންމެ ބޮޑު އިމާމަށް ގުޅައި ކަންވެގެން އުޅޭގޮތް ކިޔައިދިނުމުން އިމާމް ބުނީ ދޭނެ ވަކި ލަފައެއް ނެތް ކަމަށެވެ. ނަމަވެސް ﷲ ތަޢާލާގެ ރަހްމަތަށް އެދިގެން މައްޔިތާ ގާތު ޤުރްއާން ކިޔެވުމަށެވެ. ކިޔަވަންވީ ވަކި ތަނެއްވެސް ނުއެނގޭ ކަމަށެވެ. 

ކޮންމެއަކަސް އިމާމްގެ ލަފައާއިއެކު ޔާސީންކިޔަވާތާ މާގިނަ އިރުތަކެއް ނުވެ މައްޔިތާގެ ހަށިގަނޑު ކައްވަޅަށް ތިރިކރެވިއްޖެއެވެ. އެއީ ހަށިގަނޑުން ކުޑަކުޑަ އަންހެނެކެވެ. އެހެނަސް އެންމެ ފަހު ވަގުތުވެސް ހަށިގަނޑު ބުރަވީވަރުން 3 ދަރިން އެކުގައި މަހާނަތެރެއަށް ވެއްޓުނެވެ. 

ކޮންމެއަކަސް ވަޅުލެވޭނެ ގޮތް ވުމުން އަވަހަށް ފަސްލައި ފޮރުވަން އުޅެނިކޮށް1ް ދަރިފުޅު ބޭނުންވީ މަންމަގެ މޫނު ދެކެލުމަށެވެ. އެކަމަށްވެސް ހުއްދަ ދިނީމެވެ. 

ވަޅުލާ ނިމިގެން މޫނުބެލި ދަރިފުޅާއި ސުވާލުކުރުމުން ބުނީ އެއީ ހިނަވާ ކަފުންކުރި މަންމަ ނޫންކަމަށެވެ. މުޅި މޫނު ވަނީ އެކުގައި ކަޅުވެފައިކަމަށާއި ހަރުވެ ހިލަގަނޑަކަށް ބަދަލުވެފައެވެ. 

އެއިގެ 6 އަކަ މަސްދުވަސްފަހުން ހަމަ އެދަރިފުޅާއި ޖަނާޒާއެއްގައި ބައްދަލުވެގެން ބުނީ "މަންމަގެ ހަށިގަނޑު ކައްވަޅަށް ދާން ޭނުންނުވީ މަންމައަކީ ދުވަހަކުވެސް ސަޖިދަ ޖަހައި އުޅުނު އަންހެނަކަށްނުވާތީ ކަމަށެވެ. ނަމާދު ނުކރާތީ ކަމަށެވެ. 

މީސްތަކުންނޭވެ! ކޮންމެ މީހެއްގެ ޖަނަޒާގައި މިފަދަ ކަންކަން ނުފެނިދާނެއެވެ. ނުދައްކަވައިފާނެއެވެ. އޮތީ ދައްކަވާ މަދު ޙާދިސާތަކުން ޢިބްރަތް ޙާޚިލްކޮށް ޢަމަލުކުރުމެވެ. 

- ޚަޠީބް، ދާޢީ މުޙަމަދު އަލް ނަޤްވީ (ކުވައިތު)

 

މިއަދު އޮންލައިން