ޢިލްމު ޙާޞިލް ކުރަން މަސައްކަތްކުރާ ކުއްޖެއްގެ ކިބައިގައި ދީނީ ގޮތުން ހުންނަންވާނެ އަދަބުތައް-!

ކިޔުމަށް ހޭދަވާނީ 3މ 26ސ
ޢިލްމު ޙާޞިލް ކުރަން މަސައްކަތްކުރާ ކުއްޖެއްގެ ކިބައިގައި ދީނީ ގޮތުން ހުންނަންވާނެ އަދަބުތައް-!

އައިޝަތު ރަފާޙް ޢަލީ

 

ޢިލްމު ޙާޞިލް ކުރުމަކީ އިސްލާމް ދީނުގައި އަޅާ އޭނާގެ ރައްބާ ކައިރިކޮށްދޭ އެންމެ މަތިވެރި އެއް އަޅުކަމެވެ. އަދި އެކަމުގެ ސަބަބުން ﷲ ސުބްހާނަހޫ ވަތަޢާލާ ގެ ހަޟްރަތުގައި އިންސާނާގެ ގަދަރު އުފުލި ގިޔާމަތް ދުވަހުން އެކަމުން އިންސާނާއަށް ފައިދާ ކުރާނެ ކަމެކެވެ. އެހެންކަމުން އަޅުގަނޑު މިލިޔުމުގައި މިބަލާލަނީ ޢިލްމު ޙާޞިލް ކުރާ ކުއްޖެއްގެ ކިބައިގައި ހުންނަން ވާނެ އަދަބުތަކަށެވެ. 

އެންމެ ފުރަތަމަ ކަމަކަށް ﷲ ސުބްހާނަހޫ ވަތަޢާލާއަށް ބަހާއި އަމަލުން އިޙްލާސްތެރި ވުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ ﷲ ތަޢާލާ އަށް އިޙްލާސްތެރި ނުވެ ކުރާ އެއްވެސް ކަމެއް އެކަލާނގެ ގަބޫލު ނުކުރައްވާނެތީއެވެ. ﷲތަޢާލާ ގުރްއާނުގައި ވަޙީކުރައްވާފައިވެއެވެ. 

وَمَآ اُمِرُوْٓا اِلَّا لِيَعْبُدُوا اللّٰهَ مُخْلِصِيْنَ لَهُ الدِّيْنَ ەۙ حُنَفَاۤءَ وَيُقِيْمُوا الصَّلٰوةَ وَيُؤْتُوا الزَّكٰوةَ وَذٰلِكَ دِيْنُ الْقَيِّمَةِۗ (سورة بينة ٥)

މާނައީ: ބާތިލް މަގުން އެއްކިބާވެތިބެ، ﷲ އަށް އަޅުކަން ޚާލިސްކުރާ ޙާލު  ﷲ އަށް އަޅުކަންކުރުމަށާއި، ނަމާދު ގާއިމް ކުރުމަށާއި، ޒަކާތްދިނުމަށް މެނުވީ، އެއުރެންނަށް އަމުރުކުރަށްވާފައެއް ނުވެއެވެ. އަދި ސީދާވެގެންވާ ދީނަކީ އެއީއެވެ. 

ދެވަނަ ކަމަކީ ޙާޞިލް ކުރި ޢިލްމާއި އެއްގޮތަށް ޢަމަލުކުރުމާއެކު ފާފަތަކާއި މުންކަރާތްތަކުން ދުރުވެ ހުރުމަކީ ޢިލްމު ޙާޞިލް ކުރާ މީހެއްގެ ކިބައިގައި ހުންނަން ވާނެ ސިފައެކެވެ. އަދި ގިޔާމަތް ދުވަހުން ޢިލްމު އުނގެނި ޙާޞިލް ކުރި ޢިލްމަށް އަމަލުނުކުރާނަމަ އެކަމާ ބެހޭގޮތުން ސުވާލު ކުރެވޭނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

( يـاَيـُّهَا الَّذَيـْنَ امَنُوْا لِمَ تَـقُوْلُـوْنَ مَا لاَ تَـفْعَلُـوْنَ. كَـبُرَ مَقْتـًا عِنْدَ اللهِ اَنْ تَـقُوْلُـوْا مَا لاَ تَـفْعَلُـوْنَ) . ( صف ٢-٣)

މާނައީ: އޭ އީމާންވެއްޖެ މީސްތަކުންނޭވެ.ތިޔަބައި މީހުން ނުކުރާ ކަންތަކުގެ ވާހަކަ ތި ޔަބައި މީހުން ބުނެއުޅެނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ބުނުން ﷲ ގެ ހަޟްރަތުގައި ނުރުއްސެވުން ބޮޑުވެގެންވެއެވެ. 

ތިންވަނަ ކަމަކަށް ﷲ ސުބްހާނަހޫ ވަތަޢާލާއަށް ތަވާޟުޢުވެރިވެ ކިޔަމަންތެރިކަން އަދާކުރުމަކީ ޢިލްމު ޙާޞިލް ކުރާ ދަރިވަރެއްގެ ހުންނަން ޖެހޭނެ ވަރަށް މުހިންމު ސިފައެކެވެ. އަދި ކިބުރުވެރިވެ ބޮޑާވެގަތުމަކީ ޢިލްމު ޙާޞިލް ކުރާ ކުއްޖެއްގެ ކިބައިގައި ހުރެގެން ވާނެ ސިފައެއް ނޫނެވެ އަދި އެއީ ﷲ ނަހީކުރައްވާފައިވާ ދެ ސިފައެވެ.

މިއަދު އޮންލައިން