ޞަޙާބީން ދުޢާކުރެއްވެވި މަގު- އަހުރެމެންވެސް ދުޢާކުރަން އޮތް މަގު!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ޞަޙާބީން ދުޢާކުރެއްވެވި މަގު- އަހުރެމެންވެސް ދުޢާކުރަން އޮތް މަގު!: މުފްތީ މެންކް

މިއަދު މީހަކަށް ކިތަންމެ ކުޑަކުޑަ މުޞީބާތެއް ޖެހުނު ނަމަވެސް އަވަސްވެގަންނަނީ އެކަމަކުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރުމަށެވެ. އެއީއަކީ މައްސަލައެއްވެސް ނޫނެވެ. އަހުރެމެންނަށް އޮތީ ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް ﷲ ތަޢާލާއަށް ދުޢާކުރުމެވެ.  

އެކަމަކު ބުނަންހެއްޔެވެ؟ ވިސްނާލަންޖެހޭ ކަމެއް އެބައޮތެވެ. އެއީ ދުޢާގެ ޢިބާރާތެވެ.  

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައި ޞަޙާބީންނަށް ކުރިމަތިވެވަޑައިނުގަންނަވަނީ ކޮންފަދަ މުޞީބާތެއް ހެއްޔެވެ؟ އަނިޔާ ލިބިވަޑައިގަތެވެ. ގެދޮރުން ބޭރުކުރެވުނެވެ. މުދައު ފޭރުނެވެ. ހައިހޫނިކަމުގައި ތިއްބަވަން ޖެހިވަޑައިގެންނެވިއެވެ. މިހެންގޮސް ކިޔާނެކަމެއް ނެތެވެ. އިންސާނުންނަށް ކުރިމަތިވާނެ ހުރިހާ ތަކްލީފްތަކެއް ކުރިމަތި ވެވަޑައިގެންނެވިއެވެ.  

އެކަމަކު އެންމެ ފަހަރަކުން ކުރިމަތި ވެވަޑައިގެންނެވި އެއްވެސް ކަމަކުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާ ނުކުރައްވަވައެވެ. ދުޢާކުރެއްވެވީ "ޔާ ﷲ! އަޅަމެންގެ މައްޗަށް ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ އިނބަ ﷲ އަށެވެ. އަޅަމެންނަށް ލުއިފަސޭހަކަން މިންވަރުކުރައްވަވާނދޭވެ!" ފަދަ ޢިބާރާތްތަކުންނެވެ.  

އެބޭކަލުން އެފަދައިން ދުޢާކުރެއްވެވީ އެބޭކަލުންނަށް ޖެހިވަދައިގެންފައިވާ ޙާލު ﷲ ތަޢާލާ ދެނެވޮޑިގެންވާކަން ޔަޤީންކުރައްވަވާތީއެވެ. ކޮންމެހެން އެޙާލުގެ ވާހަކަ ދެންނެވުމަށްވުރެ އިސްކަން ދެއްވެވީ ﷲ ތަޢާލާގެ ރަހްމަތަށް އެދިވަޑައިގަތުމަށެވެ. 

ވީމާ މިކަންކަމަކީ ދުޢާކުރުމުގައި އަހުރެމެންވެސް ވިސްނައިލުން މުހިންމު ކަންކަމެވެ. ޢަމަލުކުރުން އެންމެ ރަނގަޅު ގޮތެވެ. އިން ޝާ ﷲ  

- މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން