މަޖިލީހަށް ހުށައަޅާފައިވާ، މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ބިލުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އިންތިޚާބީ ރައީސް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
މަޖިލީހަށް ހުށައަޅާފައިވާ، މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ބިލުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އިންތިޚާބީ ރައީސް ގޮވާލައްވައިފި

މަޖިލީހަށް ހުށައަޅާފައިވާ، މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ބިލުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.   

އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ މިމަހުގެ 19 ވަނަ ދުވަހާއި މިއަދު ހިނގި ގޭސް ސިލިންޑަރު ގޮވުމުގެ ޙާދިސާ ޢާއި ގުޅިގެން ޢާންމުކުރެއްވި ބަޔާނެއްގައެވެ.  

ބަޔާން:  

ހދ. މަކުނުދޫގައި ހިނގި ހިތާމަވެރި ހާދިސާއާ މެދު ހިތާމަފާޅުކުރުން 

21 އޮކްޓޫބަރު 2023 ވަނަ ދުވަހު ހދ. މަކުނުދޫގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާގައި ދެ މީހަކު ނިޔާވި ޚަބަރު އެހީ ފުން ހިތާމައާ ކަންބޮޑުވުމާ އެކުއެވެ.  

މިއަދު ހދ. މަކުނުދޫގައި ހިނގައިދިޔަ ހާދިސާގެ އިތުރުން، 19 އޮކްޓޫބަރު 2023 ވަނަ ދުވަހު،   ހދ. ކުޅުދުއްފުށީގައިވެސް މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގައި، ބަޔަކަށް އަނިޔާވެފައިވާކަން ފާހަގަކުރެވެއެވެ.  

މި ދެ ހާދިސާ ހިނގުމަށް މެދުވެރިވި ގޮތް ތަހުގީގުކޮށް، މި ފަދަ ހިތާމަވެރި ކަންކަން ތަކުރާރުނުވާނެހެން ފިޔަވަޅުއަޅުއްވައިދެއްވުމަށް ކަމާ ގުޅޭ މުއައްސަސާތަކަށް އަޅުގަނޑު ގޮވާލަމެވެ.  

މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ދެ ހާދިސާވެސް ހިނގާފައިވަނީ މަސައްކަތުގެ މާހައުލުގައިކަމުން، މިފަދައިން މެދުވެރިވާ ހާދިސާތައް މަދުކޮށް މަސައްކަތްތެރީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، މުޅި މުޖުތަމަޢުގެ ހުރިހާ ފަރާތްތަކުން ޒިންމާދާރުކަމާއި ފަރުވާތެރިކަން އިސްކުރުމަށްވެސް ގޮވާލަމެވެ. 

އަދި ހަމައެއާއެކު، ނިޒާމީ ގޮތެއްގައި މި ފަދަ މައްސަލަތަކަށް ހޯދަންޖެހޭ ހައްލު ހޯދުމަށް، ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ، މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ބިލުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުންގެ އަރިހުން އެދެމެވެ.

__________ 

6 ރަބީޢުލްއާޚިރު 1445

21 އޮކްޓޫބަރު 2023

 

މިއަދު އޮންލައިން