މުނާފިޤުންގެ 4 ސިފަ ނުވަތަ ބައެއް ސިފަ ނެތް މީހުން ވަރަށް މަދުވެއްޖެ! ބިރުވެތިވާން އެބަޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
މުނާފިޤުންގެ 4 ސިފަ ނުވަތަ ބައެއް ސިފަ ނެތް މީހުން ވަރަށް މަދުވެއްޖެ! ބިރުވެތިވާން އެބަޖެހޭ!

ހަތަރު ޞިފައެއް ހުރެއްޖެ މީހާ އެއީ މުނާފިގެކެވެ. ނުވަތަ އެމީހެއްގެ ކިބައިގާ މުނާފިގު ކަމުގެ ޞިފައެއް ހުރި މީހެކެވެ. އެމީހަކު އެކަމެއް ދޫކޮށްލުމަށް ދާންދެނެވެ 

- ވާހަކަ ދައްކައިފިނަމަ ދޮގު ހަދާނެއެވެ.

- ވަޢުދެއް ވެއްޖެނަމަ ޚިލާފުވާނެއެވެ.

- ޢަހުދެއްވެއްޖެނަމަ ޣަދަރުވެރިވާނެއެވެ.

- ދެބަސްވެއްޖެނަމަ ޙައްގުން އެއްކިބާވާނެއެވެ.

(އަލްބުޚާރީ 2459, މުސްލިމް 58.) 

ހިތް ނުރުހުނަސް ބުނަން ޖެހެނީ މި 4 ސިފަ، ނުވަތަ މި 4 ސިފައިން ބައެއް ސިފަ ނެތް މީހުން ވަރަށް މަދުވެއްޖެއެވެ. ވީމާ އެމީހެއްގެ ކިބައިގައި މިއިން އެއްވެސް ސިފައެއް ހުރިނަމަ އަވަހަށް އެކަމުން ސަލާމަތްވާށެވެ! އަދި މި ސިފަތައް ހުންނަ މީހުންނާއި ދުރުހެލިވާށެވެ! 

މުނާފިޤުން ނަރަކައިގައި ތިބޭހުށީ އެންމެ ގަދަފަދަ ޢަޛާބުގައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން