ޖިންނި ދެކެވެސް ކިތަންމެ ބާރުގަދަ މީހަކުދެކެވެސް ބިރުގަތުމުގެ އެއްވެސް ބޭނުމެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ޖިންނި ދެކެވެސް ކިތަންމެ ބާރުގަދަ މީހަކުދެކެވެސް ބިރުގަތުމުގެ އެއްވެސް ބޭނުމެއް ނެތް!

ޖިންނިއެއް ފެނިއްޖެ ވާހަކަ ބުނާއިރަށް ގިނަ ބައަކު ބިރުން ތުރުތުރު އަޅައެވެ. ޖިންނި ދެކެ ބިރުގަތުމުގެ އެއްވެސް ބޭނުމެއް ނެތެވެ! ހުރިހާ ޖިންނިތައް އެކުވިނަމަވެސް ތިބާއަށް ކިތަންމެ ކުޑަނަމަވެސް ގެއްލުމެއް ދެވޭނީ ﷲ ތަޢާލާގެ އިރާދަފުޅުގައި އެކަންވާނަމައެވެ. ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! ތަޤްވާވެރިކަން އިތުރުކުރާށެވެ! 

ދަންނާށެވެ! ތިބާ އަށް މަންފާ އެއް ހޯދައިދިނުމަށްޓަކައި މުޅި އުއްމަތް އެކުވިނަމަވެސް الله ކަނޑައެޅުއްވި ކަމެއް މެނުވީ ނުވާނެއެވެ. އަދި ތިބާ އަށް ގެއްލުމަށް ދިނުމަށް މުޅި އުއްމަތް އެއްވިނަމަވެސް الله ކަނޑައެޅުއްވި ކަމެއް މެނުވީ ނުވާނެއެވެ. 

އަސްތަޣްފާރުކުރުން ގިނަކުރާށެވެ! ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ވަކީލްކުރާށެވެ! އެއިރުން ހުރިހާ އިންސީންނާއި ޖިންނީން އެކުވިނަމަވެސް ތިބާ ބަލި ނުކުރެވޭނެތެވެ! ﷲ ތަޢާލާ ތިބާއަށް ގަދަކަން ދެއްވަވާނެތެވެ! އިން ޝާ ﷲ 

ދެން ބުނެލަން އޮތީ ފާފަކުރާ މީހުންނަށާއި ނަމާދު ނުކުރާ މީހުންނަށެވެ! ތިއަބައިމީހުންވެސް އެބަ ޖިންނި ދެކެ ބިރުގަނެއެވެ. މީހަކު އަނިޔާއެއްކޮށްފާނެކަމަށް ނުވަތަ ގެއްލުމެއް ދީފާނެ ކަމަށް ބިރުގަނެއެވެ. ނަރަކައިގެ ޢަޛާބަށް ބިރެއް ނުގަނެއެވެ. މިވަނީ ކިހިނަކުން ހެއްޔެވެ؟ 

ވިސްނައިލާށެވެ! މިނިކާ ޖަނަވާރެއް ތިބާ ކައިލި ނަމަވެސް ޖިންނިއެއް ނުވަތަ ބައަކު ތިބާ މަރައިލި ނަމަވެސް ތިބާއަކީ ﷲ ތަޢާލާ ރުއްސަވާ ގޮތަށް އުލެމުން އަންނަ މީހަކު ނަމަ ތިބާ ވާނީ ﷲ ތަޢާލާގެ ރަޙްމަތުގައެވެ. ސުވަރުގޭގައެވެ. ވީމާ އެހެން ހުރިހާ ކަމަކަށްވުރެ ނަރަކައިގެ ގަދަފަދަ ޢަޛާބަށް ބިރުވެތިވެ ﷲ ތަޢާލާގެ ރުއްސެވުން ހޯދަން މަސައްކަތްކުރުން މާމުހިންމު ނޫންހެއްޔެވެ؟ ޔަޤީނުންވެސް އެއިރުން ތިބާވާނީ މަރުވިނަމަވެސް ތަޢާލާގެ ރަހްމަތުގައެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން