މީހަކަށް އެއްޗެއް ދީފިނަމަ އަނބުރާ ދެއްވަވާކަން އަހުރެން މިގެންދަނީ ތަޖުރިބާކުރަމުން: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
މީހަކަށް އެއްޗެއް ދީފިނަމަ އަނބުރާ ދެއްވަވާކަން އަހުރެން މިގެންދަނީ ތަޖުރިބާކުރަމުން: މުފްތީ މެންކް

އަހުރެންގެ އަމިއްލަ ދިރިއުޅުމުގައި ތަޖުރިބާކުރެވިފައިވާ ކަމެއްގެ ވާހަކަ ބުނެލާނަމެވެ. އެއީ ބޭނުމެއް ޖެހިފައިވާ މީހަކަށް އެއްޗެއް ދެވިއްޖެނަމަ، (ޞަދަޤާތެއް ކުރެވިއްޖެނަމަ) އެއިގެ ބަދަލުގައި އަހުރެންނަށް ދެއްވަވާ ކަމެވެ. އަހުރެން ޤަބޫލުކުރަނީ ގިނަ ބައަކަށް މިގޮތަށް ތަޖުރިބާ ކުރެވިފައިވާނެ ކަމަށެވެ.  

މިއީ އެއްވެސް ޝައްކެއް ކުރަން އޮތް ކަމެއް ނޫނެވެ. ޤުދްސިއްޔަ ޙަދީޘްފުޅުން އެނގެން އޮތް ކަމެކެވެ. ﷲ ތަޢާލާގެ މަގުގައި ހޭދަކޮށްފި މީހަކަށް އިތުރުކުރައްވަވައި ދެއްވަވާނެ ކަމެވެ. އޭނާގެ މަސައްކަތުގައި ބަރަކާތް ލައްވަވާނެ ކަމެވެ.  

މީހަކަށް ޞަދަޤާތްކުރާނަމަ ދޭންވީ ބައުވެ ބޭނުން ނުކުރެވޭ ތަކެއްޗެއް ނޫނެވެ. ތިމާ ބޭނުންކުރާ ނުވަތަ އައު ތަކެއްޗެވެ. އެންމެ މަތިވެރި ޞަދަޤާތަކީ ތިމާ އެއްޗަކަށް ބޭނުންވެގެން ހުރެމެ އެއްޗަކުން ކުރާ ޞަދަޤާތެވެ. (ތިމާ ބޭނުންވެގެން ހުރި އެތި ދަތިޙާލުގައި ހުރި މީހާއަށް ދިނުމެވެ.)  

މިއަދުވެސް ހަނދާންކޮށްލައިދޭނަމެވެ. މުދަލު ޒަކާތް ދެއްކުމަކީ ފަރުޟެކެވެ. ވާޖިބެކެވެ. ވީމާ އެކަންކުރަނީ ކޮންމެހެން ﷲ ތަޢާލާގެ ޙަޟްރަތަށް ލޯތްބަކުން ނޫނެވެ. އަދާކުރަންޖެހޭ ފަރުޟަކަށްވާތީއެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިން ހޭދަކުރިކަމަށްވާނީ ޒަކާތް ދެއްކުމަށްފަހު (ޒަކާތް ނެރުމަށްފަހު) އިތުރަށް ހޭދަކުރުމުންނެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން