ކަންފަތަށް މިހެންވެގެން ސުވަރުގެ ވަދެވޭނީ ކިހިނެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ކަންފަތަށް މިހެންވެގެން ސުވަރުގެ ވަދެވޭނީ ކިހިނެއްތަ؟

ދީނީ ޢިލްމުގެތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. ޢަބްދުﷲ ޝިހާމް ދެއްވާ ދަރުސްތަކުގައި ވިދާޅުވާ ބަސްފުޅެއްގެ ހަނދާން އައުކޮށްލާނަމެވެ.

ކޮންމެ ދުވަހަކު 5 އިރު ގޮވާ ބަންގީގައި "ކާމިޔާބާއި ނަޞީބް ލިބިގަންނަން އަންނާށެވެ! ގޮވާ އަޑު އިވެނީ ވަރަށް މަދު މީހަކަށެވެ. ނަމަވެސް ޑޮލަރު ނުވަތަ ފައިސާ ބަލައި އަންނާށޭ ގޮވާލެވިއްޖެނަމަ ގޮވައި ނިމޭއިރު މިސްކިތްތަކާއި މަގުތައް އޮންނާނީ ފުރިބާރުވެފައެވެ. ބަހަނީ މިސްކިތުގައިކަމަށްވާނަމަ އެކަކަށްވުރެ އަވަހަށް އަނެކަކު ވަންނަންވެގެން ތަޅައިފޮޅާނެއެވެ."
 

ތާޅަފިލިން ބަންގި ގޮވަމުންދާއިރުވެސް ގިނަ ބައަކު މިސްކިތް ކައިރިން ހިނގާފައި، އަނެއްބައަކު ސައިކަލާއި ކާރުގަ އެދަނީ އެއަޑު އިވޭކަމަށްވެސް ހަދާނުލައި ތިބެގެންނެވެ. އެއަޑާއި ތިމަންނަމެންނާއި އެއްވެސް ގުޅުމެއް ނެތްކަން ދައްކަމުންނެވެ.

ޑރ. ޝިހާމްގެ ބަސްފުޅާއިމެދު އެފަދަ މީހުން ވިސްނައިލާނެ ނަމަ ކޮންފަދަ ހެއްޔެވެ؟ ނަމާދުކޮށްލަން ގިނަވެގެން 15 ވަރަކަށް މިނިޓް މަޑުކޮށްލިއްޔާ އެމީހަކު ކުރަންހުރި ކަންކަން ނުކުރެވޭނީ ހެއްޔެވެ؟ 

އަޅުގަނޑުގެ ހިތަށް އަރާ އެއްޗަކަށްވާތީ އާއި މިއަދުނޫހުގައި މިކަންކަން ފާހަގަކުރާތީ ހަމ ދަންނަވައިލީއެވެ. 

- މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން