ކުޑަކުދިންގެ ފޫޅު ވެއްޓުމުން ވަޅުލަން ޖެހޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ކުޑަކުދިންގެ ފޫޅު ވެއްޓުމުން ވަޅުލަން ޖެހޭނެތަ؟

ޢަޅުގަނޑަށް ދަރިފުޅަކު ލިބިއްޖެއެވެ. ފޫޅުވެއްޓުމުން އެއެތިކޮޅު ތިޝޫއަކަށްލައި އޮޅައިލާފަ އަދި ކޮތަޅަކަށްވެސް ލާފަ ގެންގޮސް ލީ ކުނިއަޅާ ފެހިކޮތަޅަށެވެ. ބައެއް އެކުވެރިން ބުނަނީ ޖެހޭނީ ވަޅުލަން ކަމަށެވެ. އެހެންވެ މިކަމުގައި އޮންނަ ރަނގަޅު ގޮތަކީ ކޮބައިކަން ބުނެދެވިދާނެތަ؟ 

އުންމީދުކުރަނީ ތިރީގައިވާ ލިޔުމުން ކިޔުންތެރިޔާގެ ސުވާލަށް ޖަވާބު ލިބިލައްވާނެ ކަމަށެވެ. 

"ބައެއް މީހުންނަށް ހީވެފައި އޮންނަނީ ކުޑަދަރިފުޅުގެ ފޫޅު ވެއްޓުމުން އެބަޔާއި، ކަނޑާފައި ހުންނަ ނިޔަފައްޗަކީ އަދި ބޮލުން ކޮށާ ނުވަތަ ބާލާ އިސްތައްޓަކީ ވަޅުލާން ޖެހޭ ތަކެތި ކަމަށެވެ. ނަމަވެސް އެކަމަށް އެއްވެސް ދަލީލެއް ނެތެވެ.  

އެހެންކަމުން، ކުނިވަށިގަނޑަށް ލައި އެއްލާލިޔަސްވެސް މައްސަލަ އެއް ނެތެވެ.  

ކުއްޖާގެ ޢުމުރުން 7 ދުވަސްވާ ދުވަހު ބޯބޭލުމަށް ފަހުގައި އިސްތަށީގެ ބަރުދަނަށްވާ ރިހީގެ އަގުން ޞަދަގާތް ކުރާނީއެވެ." والله أعلم

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން