އަޅުގަނޑަކީ ނުނިދުމުގެ މައްސަލަ ވަރަށް ބޮޑަށް ހުންނަ މީހަކަށްވާތީ ބައެއް ރޭރޭ ނުނިދިގެން ވަރަށް ލަސްވަންދެން ވެސް އޮންނަން ޖެހެއެވެ. އެހެންވެ ބައެއް ރޭރޭ ނިދެނީ ފަތިސް ނަމާދުވެސްކޮށްގެންނެވެ. އެއީ ފަތިސް ވަގުތު ކައިރިވެފައިވަނިކޮށް ނިދިއައި ނަމަވެސް ފަތިސް ނަމާދަށް ނުހޭލެވިދާނެތީ ފަތިސްނަމާދު ނުކޮށް ނިދަން ބޭނުން ނުވުމުންނެވެ.
އަޅުގަނޑުގެ ސުވާލަކީ ފަތިސްނަމާދުކޮށްގެން ނިދިނަމަވެސް ނިދަމުން ކިޔާ ޛިކުރުތައް ކިޔޭނެތޯއެވެ؟
ޝައިޚް ޢާޞިމް އަލްޙަކީމްގެ ޖަވާބު:
ނިދަމުން ކިޔާ ޛިކުރުތަކަކީ ރޭގަނޑު ކިޔަން ހުރި ޛިކުރެއް ނޫނެވެ. ނިދަމުން ކިޔަންހުރި ޛިކުރެވެ. ވީމާ ފަތިހު ނިދަމުން ކިޔުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ!