ރުޅިކޮންޓްރޯލް ނުކުރެވުމަކީ އަމިއްލަ ފުރާނައަށް ނުރައްކާވާކަމެއްކަން އެނގޭތަ؟: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ރުޅިކޮންޓްރޯލް ނުކުރެވުމަކީ އަމިއްލަ ފުރާނައަށް ނުރައްކާވާކަމެއްކަން އެނގޭތަ؟: ބިލާލް އައްސަދު

ރުޅިއަންނަންޖެހޭ ޙާލަތުގައި ރުޅި އަންނަން ބުނެވެއެވެ. ނަމަވެސް ރުޅިއަންނަންވީ މިންވަރު ބުނެދެވެނީ ވަރަށް މަދުންނެވެ. ނަތީޖާއަކީ ކޮބައިކަން އެނގޭހެއްޔެވެ؟ 

ރުޅިއަންނަޖެހޭ މިންވަރަށްވުރެ ބޮޑަށް ރުޅި އަންނަނަމަ: 

- ލޭމައްޗަށް ދިއުމުގެ މައްސަލަތައް ކުރިމަތިވެއެވެ.

- ހާޓްއެޓޭކްޖެހުމުގެ ފުރުޞަތު 9 އިންސައްތަ މަތިވެގެންދެއެވެ.

- ކަންބޮޑުވުމާއި ހާސްކަމުގައި ހުންނަން ޖެހެއެވެ.

- ބައެއް ޙާލަތްތަކުގައި ކުއްލިއަކަށް ފުރާނައަށްވެސް ނުރައްކާތެރިވެގެންދެއެވެ.

- ސްތްރޯކް ޖެހި ވާގިނެތެއެވެ. 

މިކަންކަމަކީ ރުޅި ކޮންޓްރޯލް ނުކުރެވޭ މީހުން، އެޙާލަތުގައި ކުރާ ނުބައި ކަންކަމާއި ބުނާ ނުބައި ބަސްތަކުގެ އިތުރުން ޞިއްޙީ ގޮތުން ފާހަގަކުރެވި ޑޮކްޓަރުން އިއްތިފާޤްވާ ކަންކަމެވެ. ގިނަ ބައަކަށް އެންމެ ބޮޑެތި ހިތާމަތައް ކުރިމަތިވާ އެއްކަމަކީ ރުޅި ކޮންޓްރޯލް ނުކުރެވިގެން ކުރެވޭ ކަންކަން ކަމުގައި ޤަބޫލުކުރަންޖެހެއެވެ. ފެންނަމުން އަންނަ ޙަޤީޤަތަކަށްވުމުންނެވެ. 

ރުޅި ކޮންޓްރޯލް ނުކުރެވުމަކީ އެމީހަކަށް އެންމެ ބޮޑެތި ދެރަތައް ލިބޭ ސަބަބެވެ. އެހެންވެ ރުޅިއަންނަހިނދު ރުޅިކޮންޓްރޯލްކުރުން ލައްވަވާފައިވަނީ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިންނެވެ. މީގެ އިތުރުން ރުޅި ކޮންޓްރޯލް ނުކުރެވޭ މީހަކު ދެކެ ލޯބިވާނެ މީހަކު ނުހުންނާނެއެވެ. 

ވީމާ ދިރިއުޅުމުގައި ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ ރުޅި ކޮންޓްރޯލްކުރުމެވެ. 

-  މަޢުލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން