ސުވަރުގެ ހޯދަން މަސައްކަތްކުރުމުގަ ފުރަތަމަ ސަމާލުކަންދޭންޖެހޭ ކަންތައް-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ސުވަރުގެ ހޯދަން މަސައްކަތްކުރުމުގަ ފުރަތަމަ ސަމާލުކަންދޭންޖެހޭ ކަންތައް-: މުފްތީ މެންކް

އިސްލާމީ ފޭރާމުން ފޭރާންލައި ސުންނަތާއިއ އެއްގޮތަށް ހުރިނަމަ ފެންނަ ކޮންމެ މީހަކަށް އޭނާއަކީ މުސްލިމެއްކަން އެނގޭނެއެވެ. މުސްލިމެއްކަން އެނގުމުން ނަފްރަތުކުރާނެ ބައަކު ވެސް އުޅޭނެއެވެ. އެއީ ކަންބޮޑުވާން ޖެހެންވީ ކަމެއް ނޫނެވެ. 

އެހެނީ ސުވަރުގެ ވައްދަވާނީ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނީ މުސްލިމުންގެ ގޮތުގައި ޘާބިތުވެ ތިބެ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމުންނެވެ. 

ވީމާ ސިފައާއި ލާ ފޭރާމާއި ހިނގައި އުޅޭ ގޮތާއި އަދި ވާހަކަދައްކަންވީ ގޮތް (އެހެން މީހުންނާއި މުޢާމަލާތުކުރަންވީ ގޮތް) ދަސްކުރަން އެބަޖެހެއެވެ. އެކަންކަން ދަސްކުރެވޭނީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުންނެވެ. 

ދެން ބުނެލަން އޮތީ އަހަރެމެންނަށް ޢަމަލުކުރެވޭ ގޮތުގެ ވާހަކައެވެ. މަޝްހޫރުކަން ހޯދަން ނަށަން ދަސްކުރެވެއެވެ. އެހެންވެސް ކަންކަން ދަސްކުރެވެއެވެ. ދަސްކުރަްނޖެހޭވަރަށްވުރެ ދެގުނަ އިތުރަށްވެސް އެކަންކަން ދަސްކުރެވެއެވެ. އެކަމަކު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް ދަހެއް ނުކުރެވެއެވެ. 

އެކަމަކު މުބުނަނީ ތިމާ ދާން ބޭނުންވަނީ ސުވަރުގެއަށް ކަމަށެވެ. ނިކަން ބުނެބަލާށެވެ! ސުވަރުގެ ވައްދަވާނީ ޤުރްޢާނާއި ސުންނަތަށް ޢަމަލުކުރުމުންކަން ޤުރްއާނުން އެންގެން އޮތްއިރު  ސުވަރުގެ ވަންނަން ޢަމަލުކުރަން އެނގެންޖެހޭ ކަންކަން ދަސްނުކޮށް، އެކަންކަމަށް ޢަމަލުނުކޮށް ސުވަރުގެ ވަދެވޭނީ ކިހިނަކުން ހެއްޔެވެ؟ 

ވީމާ މީހަކު ނުވަތަ ބައަކު ބުނެފާނެ ބަހަކަށް ނުބަލާށެވެ! ޤުރްއާނާއި ސުންނަތް ދަސްކޮށް ޢަމަލުކުރާ މީހަކަށްވާށެވެ! ލާފޭރާމާއި ކުރާ ޢަމަލުތަކުން ތިމާއަކީ ފުރިހަމަ މުސްލިމެއްކަން ދައްކުވައިދޭށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން