"ބުނަން ހެއްޔެވެ؟ ޤިޔާމަތް ދުވަހު މުސްލިމް ޤައުމުތަކުގެ ވެރިން ކަމުގައިވީތީ ހަމަ އެއްވެސް ޢިއްޒަތެއް ޝަރަފެއް ނުލިބޭނެއެވެ. ޖެހޭނީ ނިކަމެތިކަމާއިއެކު ޖަވާބުދާރީވާށެވެ. މުސްލިމުންނަށް އަނިޔާކޮށް ނަސްލު ނައްތައިލުމުގެ ޢަމަލުތައް ހިންގުން ހުއްޓުވަން މަސައްކަތް ނުކުރެވުނީ އަހުރެންގެ ޤައުމުގެ ޤާނޫނު އަސާސީ ތަންނުދޭތީއެވެ. ޚާރިޖީ ސިޔާސަތުގެ ސަބަބުންނެވެ. އެވަރުންވެސް އަހުރެން ޙައްޤުބަސް ބުނީމެވެ. އެކަންކަން ދުލުން ކުށްވެރިކުރީމެވެ. ބަޔާންތައް ނެރުނީމެވެ. ބުނެ ބަހަނާތަކެއް ނުދެއްކޭނެއެވެ. ޖެހޭނީ ޒިންމާތައް އުފުލާށެވެ.
ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ އެމެރިކާއަށް ބިރުގަންނާކަށް ނޫނެވެ. ﷲ ތަޢާލާއަށް ބިރުވެތިވާކަށް ނޫނެވެ. އަދި އދގެ ޗާޓަރަށް ޢަމަލުކުރާކަށްވެސް ނޫނެވެ. ކީރިތި ޤުރްއާނަށް ޢަމަލުކުރާށެވެ.
ކާފިރުންނާއި ގުޅުން ޞާއްވަން ހުއްދައީ މުސްލިމުންގެ ގެދޮރުން ނުނެރެ ދީނުގައި ޘާބިތުވެ ތިބުމަށް ހުރަސްނުއަޅާނަމައެވެ. ޣާޒާގައިވެސް އެތިބީ ހަމަ މުސްލިމުންނެވެ. ކޮންމެ މުސްލިމެއްގެވެސް އަޚުންނެވެ. އަހުރެންގެ ޤައުމަށް ބޮންނާޅާތީ ދެކޮޅު ނުހަދައި ތިބޭކަށް ދީނަކު ނެތެވެ."
މިއީ މުސްލިމް ޢިލްމްވެރިއަކު ސޯޝަލް މީޑިއާގައި ފާހަގަކުރައްވާފައިވާ ކަންކަމެވެ.
އދ ދެމިއޮތުމުން މުސްލިމުންނަށް ކުރާ ފައިދާއަކީ ކޮބައިހެއްޔެވެ؟ އދ އަށް މުސްލިމް ތަނަވަސް ޤައުމުތަކުން ކުރާ ބޮޑެތި ހޭދަތަކާއި އަޅާބަލާއިރު ކުރަނީ ކޮން ފައިދާއެއް ހެއްޔެވެ؟ ދޭ ވެކްސިންކޮޅުން ބަދަލު ލިބޭ ހެއްޔެވެ؟
މުސްލިމުންގެ 2.3 މިލިއަން މުސްލިމުން ޝަހީދުކޮށް ހުސްކުރަމުން ގެންދާއިރު އެބާރުގަދަ އދ އަށް ކުރެވެނީ ކޮންކަމެއް ހެއްޔެވެ؟ 75 އަހަރުވީ މައްސަލައަށް ޙައްލެއް ހޯދައިދިނުމަށް ނުކުޅެދިފައިވާއިރު ހައްދުފަހަނައަޅާފައިވާ ޒަޔަނިސްޓް ޔަހޫދީ ޓެރަރިސްޓުން އިންބާފުގެ ކުރިމައްޗަށް ގެންދަންވެސް އދ އެވަނީ ނުކުޅެދިފައެވެ.
އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމުގެ ނަމުގައި އދ އިން ކުރާ ކަމަކީ ޤުރްއާނަށް ގޮންޖެހުމެވެ. ﷲ ތަޢާލާ ބާވައިލެއްވެވި ޤުރްއާނުގައިވާ ޙުކުމްފުޅުތަކަށް ބަދަލުގެނެސް ޙަރާމް ކުރެއްވެވި އެންމެހައި ކަންކަން ކުރުން ހުއްދަކުރުމެވެ. ޒިނޭކުރުން ހުއްދަކުރުމަށްފަހު އެއްޖިންސުން ގުޅުން ހިންގައި އެއްޖިންސުން ގުޅުން ހިންގައި އެއްޖިންސުން ކައިވެނިކުރުން ހުއްދަކޮށް އެގެންދަނީ އެކަންކަމަށް ހިތްވަރުދެމުންނެވެ.