ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހިއްޖެނަމަ އެންމެ ފުރަތަމަކަމަކަށް ކުރަންވީ ކަންތައް-: ޝައިޚް ޢަލީ ޙައްމުދާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހިއްޖެނަމަ އެންމެ ފުރަތަމަކަމަކަށް ކުރަންވީ ކަންތައް-: ޝައިޚް ޢަލީ ޙައްމުދާ

އަހުރެންގެ އެކުވެރިއަކު އަނބިމީހާދެކެ ރުޅިއައިސްގެން ދަބަހަށް އެއްޗެތި އަޅައިގެން މިސްކިތަށް ދިއައެވެ. އެއީ އޭނާގެ އަނބިމީހާއަށް ކުށެއް ކުރެވުމުން އައި ރުޅީގައެވެ. އޭނާއަށް މާފުނުކުރަންވެގެންނެވެ.  

މިސްކިތަށް ދިއަ ނަމަވެސް މިސްކިތުގައި މަޑުކުރާ ހިތެއް ނުވިއެވެ. ނަމާދުކުރާ ހިތެއް ނުވިއެވެ. ޤުރްއާން ކިޔަވާ ހިތެއް ނުވިއެވެ. އެހެންވެ އަނެއްކާވެސް އެނބުރި ދިއައީ ގެއަށެވެ.

ގެއަށް ވަންނަން ދޮރުހުޅުވައިދިނީ އަނބިމިހާއެވެ. ދޮރުހުޅުވައިދިނީ ހިނިތުންވެ ހުރެގެންނެވެ. ފުރަތަމަވެސް ސުވާލުކުރީ ގެއަށް އެނބުރި އައީތޯއެވެ؟ ޖަވާބުގައި ފިރިމީހާ އާނއެކެވެ. ބުނުމުން އަނބިމީހާ ބުންޏެވެ. "އެނބުރި ގެއަށް އަންނާނެކަން އެނގެއެވެ."  

އެއީ ކީއްވެގެންތޯ ފިރިމީހާ ސުވާލުކުރުމުން އަނބިމީހާ ބުންޏެވެ. "ކަލޭ ގެއިން ނުކުމެގެން ދިއަވަޤުތުން ފެށިގެން އަހުރެން މިއިނީ އަސްތަޣްފާރުކުރުމުގައެވެ. ފާފަ ފުއްސަވައިދެއްވެވުން އެދި ﷲ ގެ ޙަޟްރަތުގައި ދެންނެވުމުގައެވެ. ވީމާ އަނބުރައި ގެއަށް ފޮނުއްވަވައި ދެއްވަވާނެކަން އަހުރެންނަށް އެނގެއެވެ."  

މިޙާދިސާއަށް ވިސްނާށެވެ! ދެމަފިރިންގެ މެދުގައި އެއްވެސް މައްސަލައެއް ޖެހިއްޖެނަމަ އެއްވެސް މީހަކާއި މަޝްވަރާކޮށް ލަފާހޯދުމުގެ ކުރިން ތިމާގެ ފާފަ ފުއްސަވައިދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާށެވެ! ކުރެވުނު ކުށް ފަދަ ކުށެއް ތަކުރާރުނުކުރަން ޢަޒުމް ކަނޑައަޅާށެވެ. ކުސްކުރެވުނު މީހާ އަނެކާގެ ކިބައިން މާފަށް އެދޭށެވެ.  

މައްސަލަ ޙައްލުކޮށް ދެއްވަވާނެތެވެ. އިން ޝާ ﷲ 

- ޝައިޚް ޢަލީ ޙައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން