އެންމެ ފައިދާކުރާނެ މަގުން ފަތް ފުރާލަން ބޭނުން ހެއްޔެވެ؟: ޝައިޚް މުޙައްމަދު ހޮބްލޮސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އެންމެ ފައިދާކުރާނެ މަގުން ފަތް ފުރާލަން ބޭނުން ހެއްޔެވެ؟: ޝައިޚް މުޙައްމަދު ހޮބްލޮސް

މީސްތަކުންނޭވެ! ﷲ ތަޢާލާ މޫސާގެފާނަށް ވަޙީކުރެއްވެވި ބަސްފުޅެއްގެ މާނައިގައިވެއެވެ. 7 އުޑާއި އުޑުތަކުގައި ވާހައި އެއްޗަކާއި އަދި ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ މީޡާނުގައި لآ اِلَهَ اِلّا اللّهُ ގެ ބުރަދަން މާބޮޑެވެ.

އެނގިގެން މިދަނީ لآ اِلَهَ اِلّا اللّهُ އަށްވުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު ކަލިމައެއް ނުވާކަމެވެ. ޛިކްރް ތަކުގެ ތެރެއިންވެސް އެންމެ މަތިވެރި ޛިކްރަކީ އެ ކަލިމަ ކަމުގައި ލައްވަވާފައި އެވަނީ އެހެންވެގެންނެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިކަންކަމަކީ ހަމަ އެންމެ މުސްލިމަކަށްވެސް ނުއެނގި އޮންނާނެ ކަންކަމެއް ނޫނެވެ. ސުވާލަކި މިކަންކަން އެނގޭއިރު ދުވާލަކު ކިތައް ފަހަރު މިމަތިވެރި ކަލިމަ ޛިކުރުކުރަން ހެއްޔެވެ؟ އެކަލިމައަށް ޢަމަލުކުރަން ކުރަނީ ކޮން މަސައްކަތެއް ހެއްޔެވެ؟

ކިތަންމެ ބުރަކޮށް މަސައްކަތް ކުރިނަމަވެސް ހުސްވަޤު ލިބޭނެއެވެ. ކިތަންމެ މަދު ޢަދަދަކަށް ނަމަވެސް ޛިކުރުކުރާށެވެ. އެމީހަކަށް ވަޤުތުވާވަރަކުން ގިނަކުރާށެވެ. އަހުރެމެންގެ ފަތް ފުރާލަންވީ ބޭކާރު ވާހަކަތަކަކުން ނޫނެވެ. ޘަވާބު ދެއްވަވާނެ ޛިކުރުތަކުންނެވެ. މީޒާން ތިމާގެ ކޮޅަށް ބުރަވެގެންދާނީ އެއިރުންނެވެ.

އަދި ބުނަން ހެއްޔެވެ؟ މިކަލިމަ ހިތުގެ އަޑިން ޤަބޫލުކޮށްފިނަމަ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ކަންކަން ކުރަން ބިރުވެތިވެވޭނެއެވެ. ފާފަތަކަށް އަރައިގަންނަން ބިރުވެތިވެވޭނެއެވެ! ކައްވަޅުގައި މަލާއިކަތުން ކުރައްވަވާނެ ސުވާލުތަކަށް ޖަވާބު ދެވޭނީވެސް މިކަލިމަ މަތީގައި ޘާބިތުވެހުރެވިގެންނެވެ.

 

- މަޢްލޫމާތު: ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން