މިއީވެސް ކައިވެނީގެ ކުރިން ކޮންމެހެން ބަލަންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
މިއީވެސް ކައިވެނީގެ ކުރިން ކޮންމެހެން ބަލަންޖެހޭ ކަމެއް!

މާތް ﷲ އިންސާނުން އުފައްދަވާފައިވަނީ ތަފާތު ގޮތްގޮތަށެވެ. ތަފާތު ކަންކަމަށް ބޭނުންވާ ގޮތަށެވެ. ވަކިކަންކަމަކަށްބޮޑަށް އަދި ވަކިކަންކަމަކަށް ކުޑަކޮށް ބޭނުންވާނެ ގޮތަށެވެ. 

އެހެންކަމުން ބައެއް ފިރިހެނުންނަކީ ގިނައިރު ގޭގައި އުޅެން ބޭނުން ނުވާ ބައެކެވެ. އަދި އަނބިންނާއިއެކު ގިނަ ވަޤުތު ހޭދަކުރަންވެސް ބޭނުންނުވާ ބައެކެވެ. އެފަދަ މީހުން ކައިވެނިކުރަންވާނީ އެކަމަށް ވިސްނައިގެންނެވެ. 

ގިނައިރު ގޭގައި އުލެން ބޭނުން ނުވާ، އަނބިންނާއިއެކު ވަޤުތު ހޭދަކުރަން ބޭނުންނުވާ ފިރިހެނުން ކައިވެނިކުރަންވާނީ އެކަންކަމަށް ރުހޭ، ކެތްކުރެވޭނެ، ޝަކުވާ ނުކުރާނެ އަންހެނުންނާއިއެވެ. އެފަދަ އަންހެނުންވެސް ތިބޭނެއެވެ. އެހެނީ މިބުނި ބާވަތުގެ ފިރިހެނުން ފަދައިން ފިރިމީހާ އާއި މަދުން، މަދުވަޤުތުކޮޅަކަށް ބައްދަލުވުމަކީ މައްސަލައެއް ކަމަށް ނުދެކޭނެ އަންހެނުންވެސް ތިބޭނެއެވެ. އެފަދަ ފިރިހެނުން ހޯދަންޖެހޭނީ އެބާވަތުގެ އަންހެނުންނެވެ. 

ނަމަވެސް ގިނަފަހަރަށް ކައިވެނިކުރަން އުޅޭއިރު އެކަންކަމަކަށް ނުބެލެއެވެ. ރީތިވެފައި ކަމުދާނަމަ އަވަހަށް ކައިވެނިކުރަނީއެވެ. ކައިވެނިކުރުމާއިއެކު މައްސަލަތައް ޖެހެން ފަށަނީއެވެ. އަދި މިބާވަތުގެ މައްސަލަތައް ޙައްލުކުރެވެނީވެސް މަދުންނެވެ. ސަބަބަކީ މީހާގެ ޠަބީޢަތް ބަދަލުކުރުމަކީ ގިނަ ބައަކަށް ކުރަން ފަސޭހަކަމަކަށް ނުވާތީއެވެ. 

އެހެންކަމުން ބުނެލަން ބޭނުންވަނީ ބަލަންވާ ވަރަށް ނުބަލައި ކައިވެނިކުރެވުނަސް ދަރިން ހޯދުމުގެ ކުރިން މިބާވަތުގެ ކަންކަން ދެނެގަންނަން ޖެހޭނެއެވެ. ސަބަބަކީ ދަރިން ލިބޭފަހުން ކަންކަމަށް ކެތްނުކުރެވިގެން ވަކިވާން ޖެހިއްޖެނަމަ ލިބޭ ގެއްލުން މާބޮޑުވާނެތީއެވެ. 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން