ވީވަރަކުން އެންމެންނަށް އެހީތެރިވާ، ޢާއިލާގެ މީހަކާއެކު ނޫނީ ދުވަހަކުވެސް ރެސްޓޯރަންޓަކަށް ނުވަންނަ މިމީހާގެ ކާމިޔާބީން ފިލާވަޅެއް ލިބިގަނެބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ވީވަރަކުން އެންމެންނަށް އެހީތެރިވާ، ޢާއިލާގެ މީހަކާއެކު ނޫނީ ދުވަހަކުވެސް ރެސްޓޯރަންޓަކަށް ނުވަންނަ މިމީހާގެ ކާމިޔާބީން ފިލާވަޅެއް ލިބިގަނެބަލަ!

އެއްވެސް މީހަކީ އެންމެން އެދޭ ހުރިހާ ކަންކަން ކޮށްދެވޭނެ މީހެއް ނޫނެވެ. ކޮންމެ މީހަކަށްވެސް އެހެން މީހުންނަށް އެހީތެރިވެދެވޭނީ ވަކި މިންވަރަކަށެވެ. ހަމައެފަދައިން ތިމާ ކުރަން ބޭނުން ހުރިހާ ކަންކަން ޙާޞިލްކުރެވޭނެ މީހަކުވެސް ނުހުންނާނެއެވެ. ވަކި މީހެއް ނޫނެވެ. އެއީ ދުނިޔޭގައި އެއްވެސް މީހަކަށް ޙާޞިލްކުރެވޭނެ ކަމެއް ނޫނެވެ. 

އަހުރެން އަބަދުވެސް ބަލަނީ އަހުރެންގެ ފެންވަރުން އެންމެންނަށްވެސް އެހީތެރިވުމަށެވެ. އަހުރެންނަކީ އެހައި ތަނަވަސް މީހެއްވެސް ނޫނެވެ. އެކަމަކުވެސް ގިނަ ބައަކަށް އެހީތެރިވަމެވެ. އެކަންކުރަން އަހުރެން ކުރާ ކަމަކީ ބޭކާރު ޚަރަދުތައް ނުކުރުމެވެ. މަޖާކޮށް އުފާކުރަން ހޭދަނުކުރުމެވެ. 

އަހުރެން ކައިވެނިކުރީ ޢުމުރުން 26 އަހަރުގައެވެ. ކައިވެންޏަށް މިހާރު 15 އަހަރެވެ. ވަޒީފާ އަދާކުރަން ފެށީ 20 އަހަރުގައެވެ. އެކަމަކު ބުނަން ހެއްޔެވެ؟ އަހުރެންނަށް މުސާރަ ލިބެން ފެށީންސުރެ މިއަދާއި ހަމައަށްވެސް ޢާއިލާގެ މީހުންނާއިއެކު ނޫނީ ރެސްޓޯރަންޓަކަށްވެސް ނުވަންނަމެވެ. 

އޮފީހަސް ދަނީވެސް އަނބިމީހާ ކައްކާފައި ދޭ އެއްޗެއް ހިފައިގެންނެވެ. އެކަމާއި އެކުވެރިން ނުރުހެއެވެ. މަލާމާތްވެސް ކުރެއެވެ. ދަހިމީހެއް ކަމަށްވެސް ބުނެއެވެ. އެމީހުން ދައްކާ އެބާވަތުގެ އެއްވެސް ވާހަކައަކަށް އަހުރެން ސަމާލުކަމެއް ނުދެމެވެ.   

އެކަމުގެ ނަތީޖާ އަހުރެންނަށް ފެންނަ ގޮތްވެސް ބުނެލާނަމެވެ. ކުރިން ބުނިހެން އަހުރެންވެސް ކުރަން ބޭނުން ހުރިހާ ކަމެއް ނުކުރެވެއެވެ. އެކަމަކު އަހުރެންނަށް ކޮންމެހެން ކުރަންޖެހޭ އެއްވެސް ކަމެއް ނުކުރެވިގެން ހުންނާކަށް ނުޖެހެއެވެ. އެކަމެއް ކުރެވޭނެ ކޮންމެވެސް މަގެއް ފެނެއެވެ. ﷲ ތަޢާލާ ދައްކަވަތެވެ. އަހުރެންގެ މުސާރަ ވަނީ 4 އަދަދުން 5 ޢަދަދަށް ބަދަލުވެ އަދި މިހާރުވަނީ 6 ޢަދަދަށް ބަދަލުވެފައެވެ. އިން ޝާ ﷲ 

އަހުރެން މިމީހާގެ ވާހަކަ މިކިޔައިދިނީ އޭނާގެ ވާހަކަތަކުން ޙާޞިލްކުރަންޖެހޭ ފިލާވަޅުތައް ގިނަކަމުންނެވެ. ޚަރަދުކުރުމުގައި ސަމާލުކަންދޭން ދީނުގައި އޮތްމަގުން އޮތް ޢަމަލުކުރުމުން ލިބިދޭ ފައިދާ އެނގިގެންދާތީއެވެ. މިކަންކަމަކީ މިއަދު ކޮންމެ މީހަކުވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހިފައިވާ ކަންކަމެވެ. ދުނިޔެވެސް އަދި އާޚިރަތްވެސް ކާމިޔާބުކުރެވޭނީ އޭނާ ފަދަ މީހަކަށް ވެވިގެންނެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން