ޢަދާވާތްތެރިންނަކަށް ޣާޒާގެ ރައްޔިތުން ބައްޔެއް ނުކުރެވޭނެއެވެ. އެމީހުން މަރުދެކެ ބިރެއް ނުގަންނާނެއެވެ. އެމީހުން ޔަޤީންކުރާނީ ދަތިއުނދަގޫކަމަކަށްފަހު ލުއިފަސޭހަކަން މިންވަރު ކުރއްވަވާނެ ކަމަށެވެ. '
ދުޝްމިނުން އެމީހުން ޝަހީދުކޮށްލައިފިނަމަ އެމީހަކު އެވަނީ ސުވަރުގޭގައިކަމަށް ޤަބޫލުކުރާނެއެވެ. ޙަމަލާ ތަކުގައި ޝަހީދުނުވެއްޖެނަމަ ހެޔޮ ގޮތް މިންވަރުކުރައްވަވާނެ ކަމަށް ޤަބޫލުކުރާނެއެވެ. ވީމާ އެމީޙުންނަކީ ޝަހީދުކޮށްފާނެ ކަމަށް ބިރުގަންނާނެ ބައެއް ނޫނެވެ.
މިއީ ﷲ ތަޢާލާ އެމީހުންގެ ކިބައިގައި ލައްވަވާފައިވާ ޚާއްޞަ ބާރެކެވެ! މިކަމުގެ ދަލީލަކީ ބޯފެންތިއްކެއް ނުލިބި ތިބެން ޖެހުނަސް ޣާޒާގެ މުސްކުޅި މާމައިންވެސް ކެތްތެރިވެ ޘާބިތުވާކަމެވެ.
- ޑރ. ޢުމްރު ސުލައިމާން
ޑރ. ޢުމަރު ސުލައިމާންގެ މިވާހަކަފުޅަށް ދަލީލް ލިބޭ އަނެއް ސަބަބަކީ ކެނޑިނޭޅި ބޮންއަޅައި ޝަހީދުކުރަމުން ގެންދާއިރުވެސް ޣާޒާގެ ރައްޔިތުންގެ މޫނުމަތިން ހާސްކަން ފެންނަ މިންވަރު ކުޑަކަމެވެ. އެކުދިންގެ މުޅި ޢާއިލާ ޝަހީދުކޮށްލުމުންވެސް ސަލާމަތްވާ ކުޑަކުދިންގެ މޫނުމަތިން މިކަން ވަރަށް ރީތިކޮށް ފެނިގެންދާކަމެވެ.