އެއްވެސް މީހަކު ދެކެ ރުޅިއައިސްގެން ހުރުމަކީ ސުވަރުގެ ލިބުމަށް ހުރަސް އެޅިދާނެ ކަމެއް!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
އެއްވެސް މީހަކު ދެކެ ރުޅިއައިސްގެން ހުރުމަކީ ސުވަރުގެ ލިބުމަށް ހުރަސް އެޅިދާނެ ކަމެއް!: ބިލާލް އައްސަދު

އިންސާނުންކަމަށްވީތީ ކަންކަން ކުރިމަތިވުމުން ރުޅިވެސް އަންނާނެއެވެ. މުހިންމީ ވީހައި އަވަހަކަށް ދެމީހުން ޞުލަޙަވުމެވެ. އެހެނީ ކުރާ ހެޔޮ ޢަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނީ އެއިރުންނެވެ. 

ދެން ބަލައިލަންވީ ޞުލްޙަވުމަސް ހިތްވަރުލިބޭނެ ކަންކަމަށެވެ. އެގޮތުން ފުރަތަމަ ކަންތައް މިބަޔާންކުރީއެވެ. އެމީހާކުރާ ހެޔޮ ޢަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާ ޙާލަތުގައި، އެމިހާގެ ހެޔޮ ޢަމަލުތައް ޤަބޫލުފުޅު ކުރެއްވެވުން ސަސްޕެންޑްކުރައްވަވާފައި ވަނިކޮށް މަރުވެއްޖެ ނަމަ އެމިހާގެ ޙާލަކީ ކޮބައިހެއްޔެވެ؟ 

ވީމާ ގިނަގިނައިން މަރުހަނދާންކުރާށެވެ! ޖަނާޒާތަކަށްދާށެވެ! ނިކަމެތި ފަޤީރުން ދިރިއުޅޭ ޙާލަތަށް ވިސްނާށެވެ! ބަލިޙާލުގައި ތިބި މީހުންނާއިމެދު ވިސްނާށެވެ! އެއިރުން ތިމާއަކީވެސް އެއްވެސް އަމިއްލަ ބާރެއް ނެތް މީހަކުކަން ވިސްނޭނެއެވެ. 

އެންމެ ބޮޑަށް ވިސްނަންވީ އާޚިރަތް ދުވަހާއިމެދުގައެވެ. ކާމިޔާބު ލިބިގެންވާ މީހުންނަކީ ޠޯހިރު ހިތަކާއިގެން މަހްޝަރަށް ދެވޭ މިހުންކަމަށް އޮތް ބަސްފުޅަށެވެ. އެންމެ މީހަކަށް ނަމަވެސް ޙަސަދަލައި ރުޅިވެރިކަން ބާއްވައިގެން ހުންނަ މީހެއްގެ ހިތް ޠޯހިރުވާނީ ކިހިނަކުންހެއްޔެވެ؟ 

ދެން އޮތީ ތިބާ ރުޅިއައީ ރުޅިއަންނަން ޖެހިގެންކަމަށްވުމެވެ. މައްސަލައެއް ނެތެވެ. ކުށްކުރީ އަނެކާ ކަމަށްވީނަމަވެސް ހިތުގައި އެކަން ނުބާއްވާށެވެ! ޙަސަދަވެރިކަން ނުބާއްވާށެވެ! އެހިސާބުން އެކަން ނިންމާލައި ހިތް ހެޔޮކޮށްލައި ދެމީހުން ސަލާމްކުރާށެވެ! ޙައްޤުގައި ހުރީ ތިބާ ނަމަވެސް އިސްވެ މާފުކުރާށެވެ! އެކަމަސް ﷲ ތަޢާލާ ދެއްވަވާނެ ޘަވާބަށް އުންމީދުކުރާށެވެ. 

މިކަންކަމުން އެނގިގެންދަނީ އެއްވެސް މީހަކު ދެކެ ރުޅިއައިސްގެން ހުރުމަކީ ސުވަރުގެ ލިބުމަށް ހުރަސް އެޅިދާނެ ކަމެއް ކަމެވެ. އެއީ މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ. އެބޮޑު ދެރަ އަމިއްލައަށް ލިބިނުގަންނާށެވެ! 

- މައްލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން