އަނބިންނާއެކު ރޭކުރުމަކީ ޘަވާބުލިބޭ އަޅުކަމެއްކަމަށް ޙަދީޘްފުޅުކުރެއްވުމުން ޞަޙާބީން ކުރެއްވެވި ސުވާލާ ދެއްވެވި ޖަވާބު: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
އަނބިންނާއެކު ރޭކުރުމަކީ ޘަވާބުލިބޭ އަޅުކަމެއްކަމަށް ޙަދީޘްފުޅުކުރެއްވުމުން ޞަޙާބީން ކުރެއްވެވި ސުވާލާ ދެއްވެވި ޖަވާބު: މުފްތީ މެންކް

އަޅުގަނދަކީ އަދި ޒުވާނަކީމެވެ. ޞިއްޙަތުވެސް ރަނގަޅެވެ. އިން ޝާ ﷲ އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑާއިއެކު ރޭކުރަނީ އެތައް ދުވަހެއް ފާއިތުވެ ރޮއި އާދޭސްކުރުމުންވެސް ހިތަށް އެރިނަމައެވެ. އެއީ އެކުވެރިންނާއިއެކު ބޭރުގައި އުޅެފައި ގެއަށް އަންނަލެއް ލަސްކަމުން ވަރުބަލިވެފައި ހުންނާތީ ކަމަށް އޭނާ ބުނެއެވެ.

މިވާހަކަ މިދައްކަނީ ލަދުވެތިކަމާއިއެކުގައެވެ. ނަމަވެސް ކޮންމެވެސް ގޮތަކުން ފިރިމިހާއަށް ވިސްނައިދެވޭތޯ މަސައްކަތްކުރަން އެބަޖެހެއެވެ.

ވީމާ މިކަން ދީނުގައި އޮތް ގޮތް ފިރިމީހާއަށް އަންގައިދޭން ކުރެވިދާނެ ކަމަކީ ކޮބައިތޯ؟"

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ފިރިމީހާއަކީ ޘަވާބު ބޭނުންވާނަމަ މިލިޔުންކިޔައިދިނުމުން އެކަން އިޞްލާޙްކުރާނެއެވެ. އިން ޝާ ﷲ

އަހުރެން މިވާހަކަ މިދައްކަނީ ﷲ ތަޢާލާގެ ގެކޮޅު މިސްކިތުގައި ހުރެގެންނެވެ. މިވާހަކަ ދައްކަން އަހުރެން ލަދެއް ނުގަނެއެވެ. ސަބަބަކީ މިއީ ރަސޫލް ﷺ، އިތުރު ޞަޙާބީންނަށް އަންގަވައިދެއްވެވި ކަމެކެވެ. މިސްކިތްކޮޅުގައި ދެކެވިފައިވާ ވާހަކައަކަށްވާތީއެވެ.

ރަސޫލް ﷺ ޙަދީޘްފުޅު ކުރެއްވެވީ "އަނބިމީހާ އާއިއެކު ރޭކުރުމަކީ ﷲ ތަޢާލާ ޘަވާބު ދެއްވަވާ އަޅުކަމެއް ކމަށެވެ. އެއީ ޞަދަޤާތެއ" ކަމަށެވެ. މިމޭރުމުން ޙަދީޘްފުޅު ކުރެއްވެވުމުން ޞަޙާބީން ކަންބޮޑުވެވަޑައިގަތެވެ. އަދި އެބޭކަލުންގެ އަނބިންނާއި ޖިމާޢުވުމަކީ ހަމަ ޘަވާބު ދެއްވަވާ އަޅުކަމެއްތޯ ސުވާލުކުރެއްވެވިއެވެ.

އެހިނދު ރަސޫލް ﷺ ޙަދީޘްފުޅު ކުރެއްވެވިއެވެ. "ޙަރާމް ގޮތުގައި ޖިމާޢުވުމުން (ޒިނޭކުރުމުން) އެއީ ފާފައަކަށްވާއިރު، ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތަށް (ޙަލާލް ގޮތުގައި) އެކަން ކުރުމުން އެއީ އަޅުކަމަކަށް ނުވާންވީ ކީއްވެގެން ހެއްޔެވެ؟"

މީސްތަކުންނޭވެ! އަހަރެމެންގެ ޢަމަލުތައް މިއަދުމިހުރީ ކޮންގޮތަކަށް ހެއްޔެވެ؟ އަނބިމީހާ ދެކެ ރުޅި އައުމުން ނުވަތަ އަނބިމީހާމަތިން ފޫހިވުމުން އަހަރު، ދެއަހަރު އެބަ އަނބިންނާއިއެކު ރޭނުކޮށް ތިބެމުއެވެ. މިއީ ކޮން ގޮތަކުން ހުއްދަވާނެ ކަމެއް ހެއްޔެވެ؟

އަދިވެސް އެއްކަންތައް ފާހަގަކޮށްލާނަމެވެ. ސައުތު އެފްރިކާގެ އެންމެ އިސް އިމާމަކު އެއްރޭ ފަތިސްނމާދަށް ކުޑަތަންކޮޅެއް ލަސްވެލި ސަބަބާއިމެދު ސުވާލުކުރުމުން ވިދާޅުވިއެވެ. "އަހުރެން މިއައީވެސް އަޅުކަމަކުންނެވެ." އެ ބަސްފުޅުގެ މާނައެނގުނު މީހުން އިތުރު ސުވާލެއް ނުކުރެއެވެ. އެބަސްފުޅުވީ ޒުވާނުންނަށް ލިބުނު ފިލާވަޅަކަށެވެ.

ވީމާ އެމީހަކަށް ކެރިކުޅަދާނަވާވަރަކަށް އަނބިންނާއިއެކު ރޭކުރާށެވެ. އެކަމުންވެސް ލިބެން އޮތް ޘަވާބު ލިބިގަންނާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން