ދަރީން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމުގެ މުހިއްމުކަން ޤުރްއާނުން-

ކިޔުމަށް ހޭދަވާނީ 3މ 45ސ
ދަރީން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމުގެ މުހިއްމުކަން ޤުރްއާނުން-

ޢާއިޝަތު ރަފާޙް ޢަލީ

 

ދަރީންނަކީ ﷲ ތަޢާލާ އަޅުގަނޑުމެން އިންސާނުންނަށް ދެއްވާ ވަރަށް ބޮޑު އަމާނާތެކެވެ. އެގޮތުން ދަރިފުޅު ބޮޑުވެގެން އަންނައިރު ދީނީ ރަނގަޅު ތަރުިއްޔަތެއް ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. ކީރިތި ޤުރްއާނުގައާއި ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަަލައިހި ވަަސައްލަމް ގެ ސުންނަތުންވެސް އެކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ.

އެހެންކަމުން މި ލިޔުމުގައި މިހިމަނާލަނީ މައިންބަފައިން، ދަރީން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް ކީރިތި ޤުރްއާނުގައި އައިސްފައިވާ ބައެއް އަމުރުފުޅުތަކަށެވެ.  

· ﷲ ތަޢާލާ ނިސާ ސޫރަތުގެ 11 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.  

يُوصِيكُمُ اللَّهُ فِي أَوْلَادِكُمْ ۖ

މާނައީ: ތިޔަބައިމީހުންގެ ދަރިންނާމެދު، اللَّه ތިޔަބައިމީހުންނަށް އަންގަވަތެވެ.(ހެޔޮކޮށް ހިތުމަށް އަންގަވައެވެ.) 

· ﷲ ތަޢާލާ ތަޙްރީމް ސޫރަތުގެ 6 ވަނަ އާޔަތުގައި އަމިއްލަ ނަފްސާއި އަހުލުން ނަރަކައިން ސަލާމަތްކުރުމަށް އަންގަވާފައިވޭ: 

يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ ﴿٦﴾‏

މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ ملائكة ންވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ أمر އަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް أمر ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ. (6)"

· ލުޤްމާން ސޫރަތުގެ 17 ވަނަ އާޔަތުގައި ﷲ ތަޢާލާ އަންގަވާފައިވެއެވެ. 

يَا بُنَيَّ أَقِمِ الصَّلَاةَ وَأْمُرْ بِالْمَعْرُوفِ وَانْهَ عَنِ الْمُنكَرِ وَاصْبِرْ عَلَىٰ مَا أَصَابَكَ ۖ إِنَّ ذَٰلِكَ مِنْ عَزْمِ الْأُمُورِ ﴿١٧﴾‏

މާނައީ: އޭ ދަރިފުޅާއެވެ! ތިބާ ނަމާދު قائم ކުރާށެވެ! އަދި ހެޔޮކަންތަކަށް أمر ކުރާށެވެ! އަދި ނުބައިކަންތައް ނަހީކުރާށެވެ! ތިބާޔަށްޖެހޭ مصيبة އަށް ކެތްކުރާށެވެ! ހަމަކަށަވަރުން، އެކަންވަނީ، عزم ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ. (17)

 

މިއަދު އޮންލައިން