ނަމާދަށް ދިއުމުގައާ ކެއިންބުއިމުގަ ހިފަހައްޓަން ﷲ ތަޢާލާ އަންގަވާފައިވާ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ނަމާދަށް ދިއުމުގައާ ކެއިންބުއިމުގަ ހިފަހައްޓަން ﷲ ތަޢާލާ އަންގަވާފައިވާ ބައެއް ކަންކަން-

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތިއަބައިމީހުން ނަމާދަށް ދާނަމަ ޒީނަތްތެރިވެގެންދާށެވެ! އަތުގައި އޮތް އެންމެ ރީތި ހެދުން ލައިގެންދާށެވެ! ތިއަބައިމީހުން ތިއަދަނީ ﷲ ތަޢާލާގެ ގެކޮޅަށެވެ. ހުއްޓި ހުންނަނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. ވީމާ އެވަޤުތަށްވުރެ ޒީނަތްތެރިވުން މުހިންމު ވަޤުތެއް ނުއޮންނާނެއެވެ.  

އެކަން ބަޔާންކުރައްވަވައި ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ މިފަދައިންނެވެ.  

"އޭ އާދަމުގެދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފު ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ."

(އަލް އަޢްރާފް: 31) 

މިއާޔަތުގައި ﷲ ތަޢާލާ ވަނީ ކަމަކަށް އަމުރުފުޅު ކުރައްވަވައިފައެވެ. (1) ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިވެގެން ތިބުން (2) ދެއްވެވި މިންވަރުން ތިމާއަށް ފުދޭ މިންވަރަށް ކައިބޮއިހެދުން (3) އިސްރާފް ނުކުރުން  

މީގެ އިތުރުން ކައިބޮއިހެދުމުގައިވެސް އަދި އެހެން ކަންކަމުގައިވެސް އިސްރާފު ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެން ނުވާކަން އެވަނީ ބަޔާން ކުރައްވަވައިފައެވެ.  

މީސްތަކުންނޭވެ! ގެއިން ކެއިނަމަވެސް އަދި ރެސްޓޯރަންޓަކުން އަދި މީހަކު ދޭ ޖާފަތަކުން ނުވަތަ ދަޢުވަތަކުން ކެއި ނަމަވެސް ބޭނުން ނުވާވަރަށް ނުކާށެވެ! ގޮހޮރުގެ ތިންބައިކުޅައެއްބައަށްވުރެ ގިނަވާވަރަށް ނުކާށެވެ! ކައިގެން ހުއްޓައި މީހަކު ދަޢުވަތެއް ދިންނަމަވެސް މިމިންވަރަށްވުރެ އިތުރުވާވަރަށް ނުކާށެވެ! އެކަމުން ތިމާގެ ޞިއްޙަތަށްވެސް ލިބޭނީ ގެއްލުންތަކެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން