ފުރިހަމަ ގޮތުގަ ﷲ ތަޢާލާއަށް އީމާންވެގެން ހުންނަ މީހަކު އެމީހެއްގެ އަނބިދަރިންނަށް އިހްމާލްވާން ބިރުގަންނާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ފުރިހަމަ ގޮތުގަ ﷲ ތަޢާލާއަށް އީމާންވެގެން ހުންނަ މީހަކު އެމީހެއްގެ އަނބިދަރިންނަށް އިހްމާލްވާން ބިރުގަންނާނެ!: މުފްތީ މެންކް

އެއްވެސް މީހަކަށް އޭނާގެ އަނބިދަރިންނަށް އިހްމާލްވެވޭނަމަ ފުރަތަމަވެސް ވިސްނާލަންޖެހޭނީ ތިމާ އާއި ﷲ ތަޢާލާ އާއި ދެމެދުގައިވާ ގުޅުމަށެވެ. އެހެނީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އީމާންވެގެން ހުންނަ މީހަކު އެމީހެއްގެ އަނބިދަރިންނަށް އިހްމާލްވާން ބިރުގަންނާނެއެވެ. 

އަނބިދަރިންގެ ކަންކަން ވީހައި ފުރިހަމައަށް ކޮށްދިނުމަކީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ. އެއަމުރުފުޅަށް ޢަމަލުނުކުރެވޭނަމަ އެއީ މައްސަލައެކެވެ. ﷲ ތަޢާލާއަށް ބިރުވެތި ނުވެވޭކަން ހާމަވާ ކަމެކެވެ. 

ކުރާ އަޅުކަމުގެ ހެޔޮކަން އެމީހަކަށް ލިބެމުންދާނަމަ އެމީހާގެ ކިބައިން އެކަމުގެ އަސަރުތައް ފެންނާނެއެވެ. އަނބިދަރިންނަށް ހެޔޮކޮށް ހިތުން ބޮޑުވާނެއެވެ. ބޮޑަށް އަޅައިލާނެއެވެ. އަނބިދަރިންނާއިއެކު ގިނަ ވަޤުތު ހޭދަކުރާނެއެވެ. 

އަޅުކަން ކުރަމުންވެސް ފާފަކުރާނަމަ އެކަމުގެ ނުރަނގަޅު އަސަރު އެމީހަކަށް ކުރާނެއެވެ. ﷲ ތަޢާލާއަށް ބިރުވެތިވެވޭ މިންވަރު ކުޑަވެގެންދާނެއެވެ. ދިރިއުޅުމުގެ ހުރިހާ ކަމަކުންވެސް ނުރަނގަޅު އަސަރުތައް ފެންނާނެއެވެ. 

މައްސަލަތަކުގެ ޙައްލުވަނީ ނަމާދުކުރުމުގައެވެ. ނަމާދު ޤާއިމްކުރާށެވެ. ނަމާދުގައި ޚުޝޫޢަތްތެރިވާން މަސައްކަތްކުރާށެވެ. ދިރިއުޅުމުގެ ހުރިހާ ކަމަކަށްވެސް ހެޔޮ ބަދަލުތަކެއް އަންނަން ފަށާނެއެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން