ޢާއިޝަތު ރަފާޙް ޢަލީ
ދީނީ ޢިލްމު އުނގެނޭ މީހުންނަށް ﷲ ތަޢާލާ ޘަވާބު ދެއްވައެވެ. އަދި ހެޔޮ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ވެގެންދެއެވެ. އެގޮތުން މިލިޔުމުގައި މިބަޔާން ކޮށްލަނީ ދީނީ ޢިލްމު އުނގެނުން މުހިއްމުކަން އަންގައިދޭ ބައެއް ޙަދީޘުތަކެވެ.
ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރެއްވިއެވެ.
· ما من رجلٍ يَسلُكُ طرِيقًا ، يَطلُبُ فيه عِلْمًا إلَّا سَهَّلَ اللهُ لهُ طريقَ الجنةِ ، و مَنْ أبْطأَ بهِ عملُهُ لمْ يُسرِعْ بهِ نَسبُهُ
މާނައީ: "އެއްވެސް މީހަކު ޢިލްމު ޙާޞިލުކުރުމަށް އެދިގެން މަގެއްގައި ކުރިއަށްދާ ކަމުގައިވާނަމަ އެކަމުގެ ބަދަލުގައި ﷲ ތަޢާލާ އޭނާއަށް ސުވަރުގެއާއި ދިމާއަށް މަގެއް ފަހިކޮށް ދެއްވައެވެ. އަދި އެމީހެއްގެ ޢަމަލު އެމީހަކު ފަހަތައް ޖައްސައިފި މީހަކު ދަންނާށެވެ. އޭނާގެ ނަސަބު އޭނާ އިސްކޮށް ނުދޭނެއެވެ."
الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net)
ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރެއްވިއެވެ.
· مَن خرَج في طَلَبِ العِلمِ، كان في سَبيلِ اللَّهِ حَتَّى يرجِعَ.
މާނައީ: "ޢިލްމު ޙާޞިލުކުރުމަށްޓަކައި ނިކުންނަ މީހާ އޭނާ އެނބުރި ގެއަށް ދާންދެން ވާހުށީ ﷲ ގެ މަގުގައެވެ."
437 من حديث: (من خرج في طلب العلم، كان في سبيل الله حتى يرجع) (binbaz.org.sa)
ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރެއްވިއެވެ.
· «مَنْ جَاءَهُ الْمَوْتُ وَهُوَ يَطْلُبُ الْعِلْمَ لِيُحْيِيَ بِهِ الْإِسْلَامَ فَبَيْنَهُ وَبَيْنَ النَّبِيِّينَ دَرَجَةٌ وَاحِدَةٌ فِي الْجَنَّةِ»
މާނައީ: އިސްލާމްދީން ދިރުވުމުގެ ނިޔަތުގައި ޢިލްމު ޙާޞިލުކުރަމުން ދަނިކޮށް އެމީހެއްގެ މަރު ޙާޟިރުވެއްޖެ މީހާ ދަންނައެވެ. ފަހެ ސުވަރުގޭގައި އޭނާއާއި ނަބީބޭކަލުންނާއި ދެމެދުގައި ވަނީ ހަަމަ އެންމެ ދަރަޖައެކެވެ."