ހުރިހާ ނުބައިކަންކަމުންނާ ނުރައްކާތަކުން ސަލާމަތްކުރެއްވެވުން އެދި ކުރަން އޮތް ޛިކުރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ހުރިހާ ނުބައިކަންކަމުންނާ ނުރައްކާތަކުން ސަލާމަތްކުރެއްވެވުން އެދި ކުރަން އޮތް ޛިކުރު!

މިއަދުގެ ޙާލަތަށް ބަލައިފިނަމަ ކުރިމަތި ނުވާ ނުބައިކަމެއް ނެތެވެ. ނުބައި ކަންކަން ކުރިމަތިނުވާނީ ކާކުގެ ކިބައިންކަމަށް ބުނެވޭކަށް ނެތެވެ. އެކުގައި ތިބެނީވެސް ރަނގަޅު މީހުން ކަމަށް ބެލެވޭކަށް ނެތެވެ. އަހުރެމްނެގެ ވަށައިގެން މިވަނީ ނުބައި ކަންކަމެވެ. ބޮޑެތި ނުރައްކާތަކެވެ.

أَعُوذُ بِكلِمَاتِ الله التّامّاتِ مِن شَرّ مَا خَلَقَ

އެންމެހައި ނުބައި ކަންކަމުން ސަލާމަތްކުރެއްވެވުން އެދި މިޛިކުރްކުރުން ގިނަކުރާށެވެ! ގެއިން ބޭރަށް ނުކުންނަނަމަވެސް މީހަކާއި ބައްދަލުކުރިނަމަވެސްމެއެވެ. އެސްފީނާ އާއި އެހެންވެސް ނުބައިކަމެއް އަރައިހަމަކުރާނީ ކޮން އިރަކު ކަމެއް ނުއެނގޭނެއެވެ.

މި ޛިކުރުގެ މާނައިގައި ވަނީ އެންމެ މަތިވެރި އިސްމްފުޅުތަކުން ﷲ ތަޢާލާގެ ރައްކައުތެރިކަމަށް އެދެމެވެ. ވަކިކަމަކަސް ނޫނެވެ. އެންމެހައި ނުބައި ކަންކަމުންނެވެ. އިންސީންނާއި ޖިންނީންނާއި ޖަނަވާރުތަކާއި ސޫފިތަކާއި ފަނިފަކުސަތަކާއި މިހެން ގޮސް ނުބައި ކަމެއް ކރިމަތިވެދާނެ އެންމެހައި ކަމަކުންނެވެ. ހުރިހާ އެއްޗެއްގެ ކިބައިންނެވެ.

ވީމާ ރައްކައުތެރިކަމަށް އެދި މިފަދަ ޛިކުރްތައް ކިޔުން ގިނަކުރާށެވެ! ރައްކައުތެރިކަން ލިބުން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވެވުމުންނެވެ. ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވައިފި އަޅަކަށް ކިތަންމެ ކުޑަނަމަވެސް ގެއްލުމެއް ދެވޭނެ ފަޜާތެއް ނުވެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން