ޢާއިޝަތު ރަފާޙް ޢަލީ
ފަތްޙު ސޫރަތަކީ މަދަނީ ސޫރަތެކެވެ. މިސޫރަތުގައި 29 އާޔަތް ހިމެނެއެވެ. ފަތްޙު ސޫރަތުގައި ބައެއް ވާހަކަތައް އެކުލެވިގެންވެއެވެ. އެގޮތުން ބައެއް ވާހަކަތައް މިލިޔުމުގައި ހިމަނާލަނަމެވެ.
· ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަށް ޞުލްޙުލް ހުދައިބިއްޔާގެ ސަބަބުން ނަޞްރު ދެއްވާފިކަމާއި ފާފަތައް ފުއްސަވާ ދެއްވައިފިކަން އެންގެވުން:
ފަތްޙު ސޫރަތުގެ 1 ވަނަ އާޔަތުން 3 ވަނަ އާޔަތަަށް ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا ﴿١﴾لِّيَغْفِرَ لَكَ اللَّهُ مَا تَقَدَّمَ مِن ذَنبِكَ وَمَا تَأَخَّرَ وَيُتِمَّ نِعْمَتَهُ عَلَيْكَ وَيَهْدِيَكَ صِرَاطًا مُّسْتَقِيمًا ﴿٢﴾ وَيَنصُرَكَ اللَّهُ نَصْرًا عَزِيزًا ﴿٣﴾
މާނައީ: ފާޅުވެ بيان ވެގެންވާ فتح އަކުން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށް فتح ދެއްވީމެވެ. (1) އެއީ ކަލޭގެފާނުންގެ ކުށްފާފައިގެ ތެރެއިން އިސްވެދިޔަކަންތަކާއި، ފަސްވެދިޔަ ކަންތަކުގެފާފަ، ކަލޭގެފާނަށް اللَّه ފުއްސަވައިދެއްވުމަށްޓަކައެވެ. އަދި އެކަލާނގެ نعمة ކަލޭގެފާނުގެ މައްޗަށް ފުރިހަމަކޮށްދެއްވުމަށްޓަކައެވެ. އަދި ސީދާވެގެންވާ ތެދުމަގަށް ކަލޭގެފާނަށް މަގުދެއްކެވުމަށްޓަކައެވެ. (2) އަދި ގަދަފަދަވެގެންވާ نصر އަކުން ކަލޭގެފާނަށް نصر ދެއްވުމަށްޓަކައެވެ. (3)
· މުއުމިނުންނަށް ﷲ ތަޢާލާ ވަޢްދު ކުރައްވާފައިވާ ކަންކަން:
ﷲ ތަޢާލާ ފަތްޙު ސޫރަތުގެ 4 ވަނަ އާޔަތާއި 5 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
هُوَ الَّذِي أَنزَلَ السَّكِينَةَ فِي قُلُوبِ الْمُؤْمِنِينَ لِيَزْدَادُوا إِيمَانًا مَّعَ إِيمَانِهِمْ ۗ وَلِلَّهِ جُنُودُ السَّمَاوَاتِ وَالْأَرْضِ ۚ وَكَانَ اللَّهُ عَلِيمًا حَكِيمًا ﴿٤﴾ لِّيُدْخِلَ الْمُؤْمِنِينَ وَالْمُؤْمِنَاتِ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا وَيُكَفِّرَ عَنْهُمْ سَيِّئَاتِهِمْ ۚ وَكَانَ ذَٰلِكَ عِندَ اللَّهِ فَوْزًا عَظِيمًا ﴿٥﴾
މާނައީ: "އެކަލާނގެއީ، مؤمن ންގެ ހިތްތަކަށް ހިތްހަމަޖެހުން ބާވައިލެއްވި ރަސްކަލާނގެއެވެ. އެއީ އެއުރެންގެ إيمان ކަމުގެ މައްޗަށް، އެއުރެންނަށް إيمان ކަން އިތުރުވުމަށްޓަކައެވެ. އުޑުތަކާއި، ބިމުގެ لشكر މިލްކުވެގެންވަނީ، اللَّه އަށެވެ. މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. (4) (އެއީ) مؤمن ފިރިހެނުންނާއި، مؤمن އަންހެނުން، އެކަލާނގެ ސުވަރުގެތަކަށް ވެއްދެވުމަށްޓަކައެވެ. އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުރެތެވެ. އެތާނގައި، އެއުރެން ދެމިތިބޭގޮތުގައެވެ. އަދި އެއުރެންގެ ކުށްފާފަތައް އެއުރެންގެ ކިބައިން ފުއްސެވުމަށްޓަކައެވެ. އަދި ބޮޑުވެގެންވާ ނަސީބު ލިބުމެއްކަމުގައި اللَّه ގެ حضرة ގައި އެކަންތައްވިއެވެ. (5)"
އަހުރެމެން މަސައްކަތްކުރަންވީ ފުރިހަމަ މުއްމިނަކަށްވުމަށެވެ. ހިތްހަމަޖެހުން ލިބެން އޮތީ އެއިރުންނެވެ. ފުރިހަމަ މުއްމިނަކަށް ވެވިއްޖެނަމަ އޮތީ ސުވަރުގެ ދެއްވެވުމެވެ. އިން ޝާ ﷲ