ދިރާސާތަކުންވެސް އެނގެނީ ކައިވެނި ކާމިޔާބުކުރަން ބޭނުންނަމަ ފިރިމީހާގެ މައްޗަށް ނުފޫޒު ހިންގުމުގެ ބާރު އަނބިމީހާއަށް ދޭންޖެހޭކަން: ޝައިޚް ޢަލީ ޙައްމުދާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ދިރާސާތަކުންވެސް އެނގެނީ ކައިވެނި ކާމިޔާބުކުރަން ބޭނުންނަމަ ފިރިމީހާގެ މައްޗަށް ނުފޫޒު ހިންގުމުގެ ބާރު އަނބިމީހާއަށް ދޭންޖެހޭކަން: ޝައިޚް ޢަލީ ޙައްމުދާ

އަހުރެން މިދައްކަނީ މިހައިތަނަށް ކުރެވުނު އެންމެ ބޮޑު އެއް ދިރާސާގެ ވާހަކައެވެ. ކައިވެނީގެ ކަންކަން ދިރާސާކުރުމުގައި ދުނިޔޭގެ އެންމެ މަޝްހޫރުކަން ހޯދާފައިވާ ޖޯން ގޮޓްމަން އާއި އޭނާގެ ޓީމުން އަލަށް ކައިވެނިކުރާ ދެމަފިރިންގެ ކަންކަން 6 އަހަރުވަންދެން ބެލުމަށްފަހު ހާމަކުރި ރިޕޯޓެއްގެ ވާހަކައެވެ.  

އެމީހުން ދިރާސާކުރީ ކައިވެނި ކާމިޔާބުކުރެވޭ ސަބަބުތަކާއި ފޭލްވާން މެދުވެރިވާ ސަބަބުތަކެވެ. އެކަންކަން ބެލުމަށްފަހު ޢާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ ލޯތްބާއިއެކުވެރިކަމާއިއެކު ކައިވެނިކުރެވުނު އެންމެ ބޮޑު ސަބަބަކީ ފިރިމީހާގެ މައްޗަށް ނުފޫޒު ހިންގުމުގެ އިޚްތިޔާރު އަނބިމީހާއަށް ދިނުން ކަމަށެވެ. އަދި 81 އިންސައްތަ ކައިވެނި ރޫޅިގެން ދިއައީ ދެމަފިރިންގެ މެދުގައި މަޝްވަރާނުކުރެވުމުން ކަމަށެވެ. 

އެކަމަކު އަނބިމީހާ ބަހެއް ބުނެފިނަމަ، ފާޑުކިޔައިފިނަމަ އަހުރެމެން މިތިބެނީ ރުޅިއައިސް ރަތްވެފައެވެ. އަނބިމީހާގެ މަޝްވަރާ ބޭނުންކުރަނީ ވަރަށް މަދު މީހެކެވެ. އެހެންވީއިރު ނިކަން ބުނެބަލާށެވެ. އަހުރެމެންގެ ކައިވެނި ކާމިޔާބުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ 

އަނބިމީހާ ވަކި ގޮތަކަށް ކަމެއްކުރަން ބުނެފިނަމަ ގިނަ ފިރިހެނުންނަށް އެކަން ބަލައެއް ނުގަނެވެއެވެ. މިއީ ކައިވެނި ކާމިޔާބުކުރެވޭނެ ގޮތެއް ނޫނެވެ. ދެމަފިރިންކުރެ ކޮންމެ މީހަކު ކަމެއްގެ ވާހަކަ ބުނިނަމަވެސް ދެމީހުން މަޝްވަރާކުރަންޖެހޭނެއެވެ.  

- ޝައިޚް ޢަލީ ޙައްމުދާގެ ދަރުސަކުން  

މިއަދު އޮންލައިން