ޘާބިތުކަމާއެކު ދިރިއުޅުން ކުރިއަށް ގެންދިއުމުގެ ހިތްވަރަށް އެދިގެން ކުރަން އޮތް ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ޘާބިތުކަމާއެކު ދިރިއުޅުން ކުރިއަށް ގެންދިއުމުގެ ހިތްވަރަށް އެދިގެން ކުރަން އޮތް ދުޢާއެއް!

ހަނގުރާމަ މާނަކުރަންވީ ހަމައެކަނި ހަތިޔާރު ބޭނުންކޮށްގެން ކުރާ ހަނގުރާމައަކަށް ނޫނެވެ. ދިރިއުޅުމަކީ ވެސް ހަނގުރާމައެކެވެ. ކުރިމަތިވާ ކޮންމެ ކަމަކީވެސް ސާބިތުކަމާއިއެކު ކުރިމަތިލާންޖެހޭ ކަންކަމެވެ. 

އަދި ހައެފަދައިން ކާފިރުން މާނަކުރަންވީ ވެސް އެހައި ތިލަގޮތަކަށް ނޫނެވެ. ދިރިއުޅުމުގެ ކަންކަމުގައި ނަޞްރު ބޭނުންވާނީ ހަމައެކަނި ﷲ ތަޢާލާއަށް އީމާން ނުވާ މީހުންގެ ކިބައަކުންވެސް ނޫނެވެ. ހިތްދަތިކަން ކުރިމަތިކުރުވާ މީހުންނާއި ޢަދާވާތްތެރިންގެ ކިބައިންވެސް ނަޞްރު ލިބުމަށް އެދެންޖެހެއެވެ. 

މިދުޢާއަށް ބަލައިފިނަމަ ފުރަތަމަވެސް މިތީ ކެތްތެރިކަން ދެއްވެވުމަށް އެދުމެވެ. "އަޅަމެންގެވެރި ރަސްކަލާކޮ! އަޅަމެންގެ މައްޗަށް ކެތްތެރިކަން އޮއްސަވާނދޭވެ." ޤަބޫލުކުރަން ޖެހޭ ކަމަކީ ހިތްދަތިކަންވިޔަސް މުޞީބާތެއްވިޔަސް ކުރިމަތިވުމުން ފުރަތަމަ ވެސް ކުރަންޖެހޭ ކަމަކީ ކެތްތެރިވުންކަމެވެ. ޔަޤީންކުރަންވީ ކެތްތެރިކަމުގަ ސާބިތުވެވިއްޖެނަމަ ހިންމަވައި ދެއްވަވާނެ ކަމެވެ. 

ޢާއިލީ މައްސަލަތައް ކުރިމަތިވިނަމަވެސް ދެމަފިރިންގެ މެދުގައި މައްސަލަތައް ކުރިމަތިވި ނަމަވެސް އޮތީ ހަމަ ގިނަގިނައިން މިފަދަ ދުޢާތައް ކުރުމެވެ. ފުރަތަމަ ކަމަކަށް ކެތްތެރިކަމާ ސާބިތުކަން ދެއްވެވުން އެދިގެންނެވެ.    

رَبَّنَا أَفْرِغْ  عَلَيْنَا صَبْرًا وَثَبِّتْ أَقْدَامَنَا وَنْصُرْنَا عَلَى الْقَوْمِ الْكَافِرِيْنَ  (البقرة 250) 

މާނައީ: "އަޅަމެންގެވެރި ރަސްކަލާކޮ! އަޅަމެންގެ މައްޗަށް ކެތްތެރިކަން އޮއްސަވާނދޭވެ. އަދި (ހަނގުރާމައިގެ މައިދާނުގައި) އަޅަމެންގެ ފައިތިލަތައް ސާބިތު ކުރައްވާނދޭވެ. އދި ކާފިރުންގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވާނދޭވެ." 

ކުރިން މިބަޔާންކުރިފަދައިން ދިރިއުޅުމަކީ ވެސް ހަނގުރާމައެކެވެ. އެހެންވީމާ އަހުރެމެންނަށް އަބަދުވެސް ތިބެންޖެހިފައި މިވަނީ ހަނގުރާމައިގެ މައިދާނުގައެވެ. އެމައިދާނުގައި އެންމެ މުހިންމު ކަމަކީ ކެތްތެރިކަމެވެ. އަދި ވާދަވެރިންގެ މައްޗަށް ނަޞްރު ހޯދަން މަސައްކަތްކުރުމެވެ.

 

- އިސްލާމީ ތިލފަތުގެ ދަރުސަކުން

މިއަދު އޮންލައިން