މީހަކު ދެކެ ރުޅިއަންނަން ޖެހިއްޖެނަމަ މިމަގުން ޢަމަލުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
މީހަކު ދެކެ ރުޅިއަންނަން ޖެހިއްޖެނަމަ މިމަގުން ޢަމަލުކުރާށެވެ!

ބައްދަލުވާ އެންމެންނަކީ ނުވަތަ އެކުގައި އުޅޭ އެންމެންނަކީ އެއް ސިފަތަކެއް ހުންނާނެ ބައެއް ނޫނެވެ. ހިތަހަމަ ނުޖެހޭނެ އަދި ރުޅިއަންނާނެ ކަންކަންވެސް ބައެއް މީހުން ކުރާނެއެވެ. އެކަންކަމަށް ހިތްހަމަނުޖެހި ރުޅިވެސް އައުދެވޭނެއެވެ. 

އެފަދަ ޙާލަތެއްގައިވެސް އަނެކާގެ ޤަދަރުކުޑަވާނެ ކަމެއް ނުކުރާށެވެ. އެގޮތަށް ކުރެވޭ ކޮންމެ ކަމަކުންވެސް ގެއްލިގެންދާނީ ތިމާގެ ޢަބުރެވެ. ވެއްޓިގެންދާނީ އެމީހާގެ އަގެވެ. 

އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ރައްދުނުދީ އެމީހަކާއި ދުރަށް ޖެހިލާށެވެ. އަދި ދުރުގައި ދުވަސްކޮޅަކު މަޑުކޮށްލަންޖެހިއްޖެނަމަ އެކަންވެސް ކުރާށެވެ. ނަމަވެސް އެމީހަކާއި ގުޅުން ކަނޑައިނުލާށެވެ. 

ޚާއްބަކޮށް ޢާއިލާގެ މީހަކާއި ގުޅުން ކަނޑައިނުލާށެވެ! ޢާއިލީ ގުޅުން ކަނޑައިލުމަކީ އަހުރެމެންގެ ދީން އެންމެ ބޮޑަށް މަނާކުރާ އެއްކަންތަކެވެ. ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ އެއްކަންތަކެވެ. 

ޢާއިލީ ގުޅުން ނުވަތަ އެހެން މީހަކާއިވެސް ގުޅުން ކެނޑުމުގެ ހުރި ނުބައިކަމުގެ ބޮޑުކަން ނިކަން ދެކިބަލާށެވެ. ދެމީހުން ދެބަސްވެ، ރުޅި އައިސް އަނގައިން ނުބުނެ ތިބޭނަމަ އެމީހުން ކުރާ ހެޔޮ ޢަމަލުތައް ޤަބޫލުފުޅު ކުރެއްވެވުން އެމީހުން އެކަން ޙައްލުކުރަންދެން ﷲ ތަޢާލާ ފަސްކުރައްވަވަތެވެ. އެއަށްވުރެ ވަކިން ބޮޑު ދެރައަކީ ކޮބައިހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން