ކައްކާ ތަކެތީގެ ރަހަ ކިތަންމެ ނުބައިނަމަވެސް ފިރިންނަށް މީރުވެ ޝަކުވާ ނުކުރާނެ ކަމެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ކައްކާ ތަކެތީގެ ރަހަ ކިތަންމެ ނުބައިނަމަވެސް ފިރިންނަށް މީރުވެ ޝަކުވާ ނުކުރާނެ ކަމެއް-

އަހުރެމެންނަށް ގިނައިން ދެކެވެނީ ފިރިންނަށް ކޮށްނުދެވޭ ކަންތައްތަކުގެ ވާހަކައެވެ. އެވާހަކަވެސް ދައްކަންވާނެއެވެ. ހަމަ އެއާއިއެކު އަނބިންގެ އެހީތެރިކަން ބޭނުންވާ ކަންކަމުގެ ވާހަކަވެސް ދައްކަންވާނެއެވެ. ނޫންނަމަ ގުޅުން ބަދަހިކުރަން މައްސލަތައް ކުރިމަތިވާނެއެވެ. އެހެންވެ ދެކަމެއް ފާހަގަކޮށްލާނަމެވެ. 

ގިނަ އަނބިން ފިރިމީހާ ގެއަށް އަންނަންވާއިރަށް ވަރަށް މީރުކޮށް ކައްކައި ކާންހަދާނެއެވެ. އެއީވެސް ކުރަންޖެހޭނެ ކަމެކެވެ. ހަމައެއާއިއެކު ވިސްނައިލަން ޖެހޭ ކަމެއް އެބައޮތެވެ. 

އެގޮތުން ފިރިހެނުންނަކީ އެމީހުންގެ ގައިގައި ގިނައިން އަތްލެވެން ވަރަށް ބޮޑަށް ބޭނުންވާ ބައެކެވެ. މާނައަކީ ކޮންމެހެން ގެއަށް އަންނައިރަށް އެއްދާންކުރުމެއް ނޫނެވެ. އެއީ އެކަމަށް ދެމަފިރިންވެސް ބޭނުންވުމުން ކުރަން އޮތް ކަމެކެވެ. ބުނަން މިއުޅެނީ ފިރިމީހާ މަސައްކަތުން އެނބުރި ގެއަށް އައުމުން ފުރަތަމަ ކަމަކަށް ވަރުބަލިވެފައި ހުރިކަން ފާހަގަކޮށް ހިތްވަރުދިނުމުގެ ބަހެއް ބުނެލާށެވެ. އެއަށްފަހު ފިރިމީހާއަށް ކިތަންމެ ކުޑަނަމަވެސް މަސާޖެއް ދީ ހަށިގަނޑަށް އަރާމުކޮށްލައިދޭށެވެ. 

ބުނަންހެއްޔެވެ؟ އެއީ ކައްކާފައިހުރިތްކެތި އެހައި މީރުކޮށް ކެއްކިފައި ނެތްނަމަވެސް އެއިގެ ރަހަވެސް މީރުވެގެންދާނެ ކަމެކެވެ. ލިބިފައި ހުންނަ ހިތްހަމަޖެހުން ބޮޑުކަމުން ކާއެއްޗެތީގެ ރަހަވެސް މީރުވެގެންދާނެކަމެކެވެ. ރަހައިގެ ޝަކުވާ ކެނޑިގެންދާނެ ކަމެކެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ މާބޮޑު ހިތްހަމަޖެހުމެއް ކުރިން ލިބުމުންނެވެ. 

ދެން ފާހަގަކޮށްލަން އޮތީ ފިރިމީހާގެ ޝަކުވާކުރުމެވެ. ފިރިމީހާގެ ޝަކުވާ ދެފަރާތުގެ ޢާއިލާއަށް ކުރުމަކީ ކޮންމެހެން ކުރަންޖެހިގެން ނޫނީ ކޮށްގެންވާނެ ކަންކަމެވެ. ކޮންމެހެން ޝަކުވާ ކުރަންޖެހޭ ކަމެއްގައި ނޫނީ ޝަކުވާކުރުމަކީ ފިރިން ވަރަށް ބޮޑަށް ރުޅިއައިސް ފޫހިވާ ކަމެކެވެ. ފިރިމީހާގެ އިތުރުން ޢާއިލާއިންވެސް ފޫހިވާނެއެވެ. 

ދިމާވާ ކުދިކުދި ކަންކަމާއިހުރެ އެގޮތަށް އަބަދު ޝަކުވާކުރާނަމަ ބޮޑުކަމެއް ޖެހިގެން ޝަކުވާކުރުމުން ދޭ ސަމާލުކަން ކުޑަވެގެންދާނެއެވެ. ދެކޭނީ އެއީ އަބަދު ކުރާކަމެއް ކަމަށެވެ. ވީމާ ދޭންޖެހޭ ސަމާލުކަމެއް ނުދޭނެއެވެ.

 

- އަލަފް / މިއަދުނޫސް

 

 

މިއަދު އޮންލައިން