މިފެންވަރަށް ހިތްތިރިނުކުރެވޭނަމަ ދެއްވެވި ޢިލްމުން ކުރީ ކޮންފައިދާއެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
މިފެންވަރަށް ހިތްތިރިނުކުރެވޭނަމަ ދެއްވެވި ޢިލްމުން ކުރީ ކޮންފައިދާއެއް؟

ދުނިޔޭގައި އެންމެ އަގުބޮޑު، އެންމެ ޤަދަރުވެރި ބައަކީ ފައިސާވެރިންކަމުގައިވެދާނެއެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރިކަންބޮޑު ބައަކަށްވާނީ ދީނުގެ ޢީލްމުވެރިންނެވެ.

ވިސްނައިލާށެވެ! އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައަށް ފުރަތަމަ ބާވައިލެއްވެވި އާޔަތަށެވެ. ވަޙީކުރެއްވެވީ އެންމެ ތަނަވަސްމީހާކަމުގައި ވެވަޑައިގަތުމަކަށް ނޫނެވެ. ކިޔަވައި ވިދާޅުވުމަށެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރިކަން ބޮޑު ޢަމަލަކީ ޤުރްއާން އުނގެނި އަދި އުނގަންނައިދިނުމެވެ.

އިސްލާމް ދީނަށް ލޯބި ކުރެއްވެވި ދީނީ ޢިލްމުވެރިން ދިރިއުޅުއްވަވާފައިވަނީ ވަރަށް އާދައިގެ ފެންވަރެއްގައެވެ. ވަރަށް އާދައިގެ ގޮތަކަށެވެ. އެކަމުގެ ކުޑަ މިޘާލެއް ބުނެދޭނަމެވެ.

އިންޑިއާގެ މަޝްހޫރު ދީނީ ޢިލްމުވެރިއަކާއި ބައްދަލުކުރަން ބައަކު ދިއައެވެ. އެމީހުން ދިއުމުން މުސްކުޅި އުމުރުގެ ފިރިހެނަކު ނުކުމެ އެމީހުންގެ އަތް ދޮވުމަށް ފެން ދިނެވެ. އެއަށްފަހު ހަމަ އެމީހާ ކާންހަދައި ކާން ދިނެވެ. ކައި ނިމިގެން ޢިލްމުވެރިޔާ އާއި ބައްދަލުކުރަން އެދުމުން ހަމަ އެމީހާ ބުނީ ޢިލްމުވެރިޔާއަކީ ވެސް ތިމަންނާ ކަމަށެވެ. އަދި އެމީހުން އޮޅުންފިލުވަން ބޭނުންވި ކަންކަން އެމީހުން އަޖައިބުވާހައި ފުރިހަމައަށް ބަޔާންކޮށްދެއްވެވިއެވެ.

މިފަދަ ކަންކަމަކީ މުސްލިމުން މިއަދުވެސް ޢިބްރަތް ހާޞިލުކުރަން ޖެހޭނެ ކަންކަމެވެ.

----ޑރ. ޢަބްދުﷲ ޙާކިމް ކްއިކްގެ ދަރުސަކުން

 

މިއަދު އޮންލައިން