ލިބިއްޖެނަމަ އެއްގޮތަކަށްވެސް ދޫކޮށްލައިގެން ނުވާނެ ބައިވެރިޔާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ލިބިއްޖެނަމަ އެއްގޮތަކަށްވެސް ދޫކޮށްލައިގެން ނުވާނެ ބައިވެރިޔާ-

ކޮންމެ މީހަކީވެސް އަބަދުވެސް އެމީހަކަށް ޙައްޤު މިންވަރު ލިބިގަންނަން ނުވަތަ ހޯދަން މަސައްކަތްކުރަން ބޭނުންވާނެ މީހެކެވެ. އެމީހަކަށް ޙައްޤު މިންވަރު ހޯދަން މަސައްކަތް ނުކުރާނީ ވަރަށް މަދު މީހެކެވެ.

ބުނަން ހެއްޔެވެ؟ އަނބިންގެ ގޯސްވާހަކަ ދައްކާ މީހުން ގިނަވާނެއެވެ. ރަނގަޅުވާހަކަ ދައްކާނީ މަދު މީހެކެވެ. އެއިގެ މާނައަކީ އެހައި ގިނަ އަނބިންނަކީ ގޯސްބައަކަށް ވުމެއް ނޫނެވެ. އަނބިން ކިތަންމެ ރަނގަޅު ނަމަވެސް އެމީހުންގެ ގޯސްވާހަކަ ދައްކާ ބައަކުވެސް އުޅޭނެއެވެ. އަދި ފިރިންނާއިމެދުވެސް ހަމަ މިފަދަ މޭރުމުން ވާހަކަދައްކާ މީހުން އުޅޭނެއެވެ. 

ކޮންމެއަކަސް އަނބިމީހާއަކީ ވަރަށް ރަނގަޅު އަންހެނަކަށްވެދާނެއެވެ. ތެދުވެރި، ވަފާތެރި، އަޅައިލާ، ފިރިމީހާގެ ކަންކަމަށް ސަމާލުކަންދޭ އަންހެނަކަށްވެދާނެއެވެ. ބަދަލުގައި އޭނާއަށް ޙައްޤު މިންވަރު އޭނާއަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް ފިރިމީހާގެ ކިބައިން ލޯތްބާއި އަލައިލުން ލިބެނީ ވަރަށް ކުޑަކުޑަ މިންވަރެކެވެ. 

ތިމާއަށް ޙައްޤު މިންވަރު މާބޮޑުކަން އެނގިހުރެވެސް ފިރިމީހާ ދޭ ކުޑަމިންވަރަށް ރުހިގެން ޝަކުވާނުކޮށް ތިބޭ އަނބިންނަކީ ވަރަށް މަދުބައެކެވެ. ބުނަން ހެއްޔެވެ؟ އެފަދަ އަންތބަކު ލިބިއްޖެނަމަ ނަމަނަމަ ދޫކޮށްނުލާށެވެ. އެއަނބިމީހާވީ އަގުބޮޑު ޖަވާހިރުތަކުގެ ތެރެއިންވެސް އަގުބޮޑު ޖަވާހިރަކަށެވެ. 

އަނބިމީހާއަށް ނިޞްބަތްކޮށްގެން މިމިޘާލު ޖެހިނަމަވެސް އަނބިންވެސް ހަމަ މިކަމަށް ސަމާލުކަންދޭންވާނެއެވެ. ތިމާއަށް ފިރިމީހާއަށް ދޭންޖެހޭ ލޯބި ނުދެވުނަސް، ކޮށްދޭންޖެހޭ ކަންކަން ކޮށްނުދެވުނަސް ޝަކުވާނުކޮށް ފުދިގެން ހުންނަ ފިރިއަކު ލިބިއްޖެނަމަ ނަމަނަމަ ވަކިނުވާށެވެ. ފިރިން ފަހުންވެސް ލިބޭނެއެވެ. އިން ޝާ ﷲ. ނަމަވެސް އެފަދަ ފިރިއަކު ލިބުންވާނީ ވަރަށް ނާދިރު ކަމަކަށެވެ. 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން