ޢާއިޝަތު ރަފާޙް ޢަލީ
· ރަސޫލާ މުޙައްމަަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް އާއި އެކަލޭގެފާނުގެ އަޞްޙާބުން މަސްޖިދުލް ޙަރާމަށް އަމާން ކަމާއެކު ވަދެވަޑައިގެންނެވުން:
ﷲ ތަޢާލާ ފަތްޙު ސޫރަތުގެ 27 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
لَّقَدْ صَدَقَ اللَّهُ رَسُولَهُ الرُّؤْيَا بِالْحَقِّ ۖ لَتَدْخُلُنَّ الْمَسْجِدَ الْحَرَامَ إِن شَاءَ اللَّهُ آمِنِينَ مُحَلِّقِينَ رُءُوسَكُمْ وَمُقَصِّرِينَ لَا تَخَافُونَ ۖ فَعَلِمَ مَا لَمْ تَعْلَمُوا فَجَعَلَ مِن دُونِ ذَٰلِكَ فَتْحًا قَرِيبًا ﴿٢٧﴾
މާނައީ: ހަމަކަށަވަރުން، اللَّه، އެކަލާނގެ رسول އާއަށް ހުވަފެންފުޅު ސީދާކުރައްވައި، حق ގޮތުގައި ތެދުކޮށްދެއްވިއެވެ. ހަމަކަށަވަރުން، اللَّه އިރާދަކުރެއްވިނަމަ ތިޔަބައިމީހުން أمان ކަމާއެކުގައި، حرمة ތެރިވެގެންވާ މިސްކިތަށް ވަންނާނެކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ބޯތައް ބާލާ حال ގައި، އަދި ކުރުކޮށް ކޮށާ حال ގައެވެ. ތިޔަބައިމީހުން ބިރުގަތުމަކާވެސް ނުލައެވެ. ފަހެ، ތިޔަބައިމީހުންނަށް ނޭނގޭކަންތައް އެކަލާނގެ ދެނެވޮޑިގެންވެއެވެ. ފަހެ، އޭގެ ކުރިން ގާތުގައިވާ فتح އެއް އެކަލާނގެ ދެއްވާހުށްޓެވެ. (27)
· ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް އާއި އެކަލޭގެފާނުގެ އަޞްހާބުންގެ ޞިފަފުޅުތައް ބަޔާން ކޮށްދެއްވުން:
ﷲ ތަޢާލާ ފަތްޙު ސޫރަތުގެ 29 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
مُّحَمَّدٌ رَّسُولُ اللَّهِ ۚ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ ۖ تَرَاهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ اللَّهِ وَرِضْوَانًا ۖ سِيمَاهُمْ فِي وُجُوهِهِم مِّنْ أَثَرِ السُّجُودِ ۚ ذَٰلِكَ مَثَلُهُمْ فِي التَّوْرَاةِ ۚ وَمَثَلُهُمْ فِي الْإِنجِيلِ كَزَرْعٍ أَخْرَجَ شَطْأَهُ فَآزَرَهُ فَاسْتَغْلَظَ فَاسْتَوَىٰ عَلَىٰ سُوقِهِ يُعْجِبُ الزُّرَّاعَ لِيَغِيظَ بِهِمُ الْكُفَّارَ ۗ وَعَدَ اللَّهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًا ﴿٢٩﴾
މާނައީ: "محمد ގެފާނީ، اللَّه ގެ رسول އާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، كافر ންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެއުރެންގެ މެދުގައި، އޯގާވެރި رحمة ތެރިބަޔެކެވެ. اللَّه ގެ حضرة ން فضل ވަންތަވެރިކަމާއި، ރުއްސެވުން އެދޭ حال، ركوع ކޮށް سجدة ކޮށްއުޅޭ ބަޔަކުކަމުގައި، ކަލޭގެފާނު އެއުރެން ދެކެވަޑައިގަންނަވާނޫއެވެ. سجدة ގެ أثر ން، އެއުރެންގެ علامة އެއުރެންގެ މޫނުތަކުގައިވެއެވެ. އެއީ توراة ގައިވާ، އެއުރެންގެ مثال އެވެ. އަދި إنجيل ގައިވާ، އެއުރެންގެ مثال އޭގެ ކުދިނިރުތައް ފަޅުވާފައިވާ ގޮވާމެއްފަދައެވެ. ދެން އެ ގޮވާންގަސްތަކަށް ގަދަކަންދިނެވެ. ދެން އެ ގޮވާންގަސްތައް ފަލަވެ، އޭގެތަނޑުތަކުގެ މައްޗަށް ސީދާވެ ހެދެމުންދެއެވެ. ގޮވާންކުރާ ދަނޑުވެރިން عجائب ކޮށް حيران ކުރުވަމުންނެވެ. އެއުރެންދެކެ، كافر ން ރުޅިއެރުވުމަށްޓަކައެވެ. އެއުރެންގެ ތެރެއިން إيمان ވެ صالح عمل ތައް ކުޅަމީހުންނަށް ފާފަފުއްސެވުމަކާއި، ބޮޑުވެގެންވާ ދަރުމައެއް ދެއްވުމަށް اللَّه وعد ކުރައްވާފައިވެއެވެ. (29)"