ދަރިފުޅުގެ ކައިވެންޏަށް އެދޭމީހާއަކީ އެންމެ ތަނަވަސް މީހަކަށް ވާންޖެހުން ޝަރުޠުކުރާ މައިންބަފައިން ކައިވެނިކުރީ ތަނަވަސްކަމުގައި ތިބެ ހެއްޔެވެ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ދަރިފުޅުގެ ކައިވެންޏަށް އެދޭމީހާއަކީ އެންމެ ތަނަވަސް މީހަކަށް ވާންޖެހުން ޝަރުޠުކުރާ މައިންބަފައިން ކައިވެނިކުރީ ތަނަވަސްކަމުގައި ތިބެ ހެއްޔެވެ؟: މުފްތީ މެންކް

ކައިވެނިކުރާއިރު އަނެކާގެ ތަނަވަސްކަމަށް ނުބަލާށެވެ! ﷲ ތަޢާލާއަށް ތެދުވެރިކަމާއިއެކު ތިބެގެން ކައިވެނިކޮށްފިނަމަ އެދެމަފިރިއަކަށްޓަކައި ރިޒުޤްގެ ދޮރުކޮޅުތައް ﷲ ތަޢާލާ ހުޅުއްވަވައި ދެއްވަވާ ހުއްޓެވެ. 

ﷲ ތަޢާލާއަށް ތެދުވެރިކަމާއިއެކު ތިބެގެން ކައިވެނިކުރުމަކީ ލޯބިވުމުން ފާފަނުކޮށް އަވަހަށް ލޯބި ޙަލާލްކުރުމެވެ. ކައިވެނީގައި ބަރަކާތް ލައްވަވާނީ އެއިރުންނެވެ.

އެހެނަސް ތަނަވަސްކަން ހުރުމަކީ އެންމެ މުހިންމު ޝަރުޠުކަމަށް ބެލުމަކީ އަދިވެސް ވަރަށް ގިނަ ބައަކުކުރާކަމެކެވެ. ބަލަންވީ ތަނަވަސްކަން ހުރިތޯއެއް ނޫނެވެ. ބަލަންވީ އޭނާއަކީ ތަނަވަސްކަން ހޯދަން މަސައްކަތްކުރާ މީހަކުތޯއެވެ! މުރާލި ހީވާގި މީހަކުތޯއެވެ! 

އަންހެން ދަރިފުޅުގެ ކައިވެންޏަށް ރުހުންދޭން އެދަރިފުޅުގެ ކައިވެންޏަށް އެދޭމީހާގެ ތަނަވަސްކަމަށް ބަލާ މައިންބަފައިން ވިސްނާލަންވީ އެމީހުން ކައިވެނިކުރީ ތަނަވަސްކަމުގައި ތިބެގެންތޯއެވެ؟ ގިނަ ބައަކު ކައިވެނިކޮށްފައި ވާނީ އެއްވެސް ތަނަވަސްކަމެއް ނެތިއެވެ. 

އަދި ކީއްހެއްޔެވެ؟ ތަނަވަސްކަމުގައި ތިބެގެން ކައިވެނިކުރިނަމަވެސް ތަނަވަސްކަމަށް ބަލައިގެން ނުވާނެއެވެ. އެދެމަފިރިންގެ ކައިވެނީގައި ބަރަކާތް ލައްވަވައި ތިމާމެންނަށްވުރެ އެދެމަފިރިންނަށް ތަނަވަސްކަން އިތުރުކުރައްވަވައި ދެއްވެވުމަށް ﷲ ތަޢާލާ ކުޅަދުންވަންތައެވެ. އަދި އެތައް ބައަކަށް އެކަން އެގޮތަށް މިންވަރުކުރައްވަވާތަން ލޮލަށް ފެންނާނެއެވެ. 

- ޢުލޫމާތު: މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން