ބައިވެރިޔާގެ ކިބައިން ލޯތްބާ އަޅާލުން ބޭނުންނަމަ ފިރިން މެދުނުކަނޑާ އަނބިންނަށް ކޮންމެ ދުވަހަކު ދޭންޖެހޭ ބައެއް ފަރުވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ބައިވެރިޔާގެ ކިބައިން ލޯތްބާ އަޅާލުން ބޭނުންނަމަ ފިރިން މެދުނުކަނޑާ އަނބިންނަށް ކޮންމެ ދުވަހަކު ދޭންޖެހޭ ބައެއް ފަރުވާ!

އަނބިންގެ ލޯބި ނުލިބުމަކީ ޝަކުވާކުރަންވެސް ޖެހޭނެ ކަމެކެވެ. ހަމައެފަދައިން އަނބިންގެ ވިޔަސް، ފިރިންގެ ވިޔަސް ލޯބި ލިބޭނީ ހޯދަން މަސައްކަތްކޮށްގެންނެވެ.

ފިރިހެނުން ޢާންމުކޮށް ނުކުރާ ބައެއް ކަންކަން އަންހެނުން ކުރެއެވެ. އެއިގެ ތެރޭގައި އެކުވެރި އެއްއުމުރުގެ އަންހެނުންނާއިއެކު ސެލްފީ ނެގުމާއި ގިނަވަގުތު މޫނުބަލާ ލޯގަނޑު ކުރިމަތީގައި ހުރެގެން ފަރިބެލުން ފަދަ ކަންކަން ހިމެނެއެވެ.

މި ދެކަންތައްވެސް އަންހެނުން ކުރަނީ އެއް ބޭނުމަކުއެވެ. އެއީ ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަތުމަށެވެ. ރީތިކަން މިހާރުވެސް ހުރި މިންވަރު ބެލުމަށެވެ. އެކުވެރިންނަށްވުރެ ތިމާގެ ސިފަ ހުތުރުވޭތޯ ބެލުމަށެވެ.

މިކަން ކުރަނީ ސިފައަށް އަންނަ ބަދަލަކުން ފިރިމީހާ ފޫހިވެ، ލޯބިވުން ހެއްޓި އަތުން ބީވެގެން ހިނގައިދާނެކަމުގެ ބިރު އަބަދުވެސް ހިތުގައި އޮންނާތީއެވެ. އަނބިމިހާއަށް ލިބިފައި ހުންނަ މިހާސްތަކުން ސަލާމަތްކުރަން 8 ފަރުވާއެއް މެދުނުކަނޑައި އަބަދުވެސް ދޭންޖެހޭނެއެވެ. ކޮންމެ ދުވަހަކުވެސް ދޭންޖެހޭނެއެވެ.

1 ގިނަގިނައިން ކޮންމެ ދުވަހަކުވެސް އަނބިމީހާ ގާތު އޭނާދެކެ ވަރަށް ބޮޑަށް ލޯބިވާ ވާހަކަ ބުނުން

2 އަނބިމީހާ ކޮށްދޭ ކަންކަން ބަލައިގަނެ ޝުކުރުވެރިވުން

3 ހެދުންލައި ޒީނަތްތެރިވުމުން ޒީނަތްތެރިކަމަށް ތަޢްރީފްކުރުން

4 ކައިވެނީގެ އަހަރީ ދުވަސް ފާހަގަކުރުން

5 އަނބިމީހާ އާއިއެކު ވަގުތު ހޭދަކުރުން

6 އަނބި މީހާ ކަމަކާއިމެދު މަޝްވަރާކުރަން ބޭނުންވެއްޖެނަމަ އަޑު އަހައި ފެންނަ ގޮތް ތެދަށް ބުނުން

7 ހަދިޔާ ދިނުން

8 ޙައްޤު ގޮތުގައި އަނބިމީހާ ހުންނަ ކަންކަމުގައި އެހެން އެންމެންގެ ކުރިމަތީގައި އަނބިމީހާ ދިﷲާޢުކޮށްދިނުން

މި 8 ފަރުވާ ދެމުން ގެންދާނަމަ ފިރިމީހާ އަނބިމީހާ ދެކެ ލޯބިވާ ކަމުގެ ގަރަންޓީ އަބަދުވެސް އޮންނާނެއެވެ. އެ ގަރަންޓީ އަނބިމީހާއަށް އޮންނަނަމަ އަނބިމީހާއަށް ލިބޭ ހިތްހަމަ ޖެހުމަށްވުރެ މާބޮޑަށް އުފާވެރިކަން ފިރިމީހާއަށް ދޭނެއެވެ.

ބައެއް ފިރިހެނުންނަށްވާގޮތަކީ ކައިވެނިކުރެވުމުން އެހިސާބުން އަބަދުވެސް އަނބިމީހާގެ ލޯތްބާއި އަޅައިލުން ތިމާއަށް ލިބިލިބި ހުންނާނެ ކަމަށް ޔަޤީންކުރެވެނީއެވެ. ނަމަވެސް އެއީ އެހައިފަސޭހައިން ޙާޞިލުކުރެވޭނެ ކަންކަމެއް ނޫނެވެ. އަނބިމީހާގެ ލޯތްބާއި އަޅައިލުން އެންމެ ފުރިހަމަ ގޮތުގައި ބަދަލެއް ނުވެ ލިބެމުންދާނީ މި ބަޔާންކުރި 8 ފަރުވާ ދިނުމަށް ސަމާލުކަންދެވުނު ވަރަކުންނެވެ.

--ޕްރޮފެސަރ ޔުސްރާ ޢިމާދުއްދީން

މިއަދު އޮންލައިން