އޮޅުވައިނުލާށެވެ! އިސްރާއީލް އެވެ ބުނެވިއްޖެނަމަ އެދެއްކެނީ ބިމެއްގެ ވާހަކައެއް ނޫނެވެ. އެދެއްކެނީ ޔަޢްޤޫބްގެފާނުގެ ވާހަކައެވެ. އެކަން ކީރިތި ޤުރްއާނުންނާއި ތައުރާތުން އަދި އިންޖީލު (އޯލްޑް ޓެސްޓަމެންޓް) ންވެސް ރަނގަޅަށް އެނގޭނެއެވެ.
ޔަޢްޤޫބްގެފާނަށް 12 ދަރިކަލުން ލިބިވަޑައިގެންނެވިއެވެ. އެއިގެ ތެރެއިން ޔޫސުފްގެފާނާއި ބުންޔާމީންއަކީ މާތްވެގެންވާ ދެބޭކަލުންނެވެ.
އިސްރާއީލްގެ ދަރިންނެވެ ބުނެވިއްޖެނަމަ އެއިގެ މާނައަކީ ޔަޢްޤޫބްގެފާނުގެ ދަރިފަސްކޮޅެވެ. އެއީ ބިމެއްގެ ވާހަކައެއް ނޫނެވެ. ވީމާ ތިމަންނަމެންނަކީ އިސްރާއީލްގެ ދަރިން ކަމުގައި ބުނާ މީހުންނަށް އެމީހުންގެ ދަރިފަސްކޮޅު ފެށިގެން އައި ގޮތާއި އެބޭކަލުންގެ ޢަމަލުފުޅުތައް ހުރި ގޮތް އެނގޭނަމަ މިއަދު އެކުރާ ޒާތުގެ ނުބައި އެއްވެސް ކަމެއް ނުކުރާނެއެވެ.
- މުފްތީ މެންކްގެ ދަރުސަކުން