ކުރަން ބޭނުންވާ ކަންކަން ކުރަން ފަސޭހަވެފަ ދަރުމަ ބޮޑުވާން ކޮށްލަން އޮތީ ހަމަ އެންމެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ކުރަން ބޭނުންވާ ކަންކަން ކުރަން ފަސޭހަވެފަ ދަރުމަ ބޮޑުވާން ކޮށްލަން އޮތީ ހަމަ އެންމެ ކަމެއް!

ހަމައެކަނި މިދެ އާޔަތަށް ވިސްނައިލި ނަމަވެސް ވަރަށް ބޮޑު ފިލާވަޅެއް ލިބިގެންދެއެވެ. އެއީ ޙަޔާތުގެ ކާމިޔާބީ ގުޅިފައިވަނީ ހަމަ އެންމެ ކަމަކަށް ކަމެވެ. އެކަމުގެ ތެރެއިން ޙާޞީލްނުކުރެވޭނެ ކަމެއް ނެތް ކަމެވެ.

(وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا ﴿٤ )

މާނައަކީ: " އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ."

އަދިވެސް ސޫރަތުއް ޠަލާގްގެ 5 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

(وَمَن يَتَّقِ اللَّـهَ يُكَفِّرْ عَنْهُ سَيِّئَاتِهِ وَيُعْظِمْ لَهُ أَجْرًا ﴿٥  ) މާނައަކީ: " އަދި اللَّه އަށް تقوى ވެރިވެއްޖެމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާގެ ކިބައިން އޭނާގެ ކުށްތައް ފުއްސަވާނެތެވެ. އަދި އެކަލާނގެ އޭނާއަށް ދަރުމަ ބޮޑުކުރައްވާނެތެވެ."

ވީމާ އަހުރެމެން މަސައްކަތްކުރަންވީ ތަޤްވާވެރިކަން އިތުރުކުރުމަށެވެ. އެއިރުން އެމީހަކަށް ނުދެއްވަވާ ނިޢުމަތެއް ނެތެވެ! ދެދުނިޔޭގައިވެސް އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ

ތަޤްވާވެރިކަން އިތުރުކުރުމަކީ ހަމައެކަނި އަޅުކަންކުރުން ގިނަކުރުމެއް ނޫނެވެ. އަޅުކަންކުރުން ގިނަކުރުމާއިއެކު ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުންވެސް ގިނަކުރަންވާނެއެވެ. ބިރުވެތިކަން އިތުރުކުރަންވާނެއެވެ. ތަޤްވާވެރިވުމަކީ އެއީއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން