ތިމާޢަމިއްލައަށް ތިމާއަށް އެސްފީނާ ޖެއްސުވޭކަން އެނގޭތަ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ތިމާޢަމިއްލައަށް ތިމާއަށް އެސްފީނާ ޖެއްސުވޭކަން އެނގޭތަ؟: މުފްތީ މެންކް

އެއްވެސް މީހަކީ އެސްފީނާ ޖެހެން ބޭނުންވާނެ މީހެއް ނޫނެވެ. ޚާއްޞަކޮށް އެމީހެއްގެ ސަބަބުން އެމީހަކަށް އެސްފީނާޖެހޭކަށް ހަމައެކަކުވެސް ބޭނުމެއް ނުވާނެއެވެ. ނަމަވެސް އެއީ މެދުވެރިވާ ކަމެކެވެ. 

އެކަން މެދުވެރިވަނީ އެމީހަކަށް ﷲ ތަޢާލާ ނިޢުމަތްތައް ދެއްވެވުމުން ތިމާގެ އަމިއްލަ ނަފްސަށް ފަޚުރުވެރިވެ، އެއީ ތިމާގެ މޮޅުކަމުން ހޯދުނު ކަންކަން ކަމަށް ޤަބޫލުކުރެވި އެނިޢުމަތްތައް ދެއްވެވި ﷲ ތަޢާލާއަށް ޝުކުރުވެރިނުވެވޭނަމައެވެ. ތަކުރާރުކޮށްލާނަމެވެ. ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިނުވެވޭނަމައެވެ. 

ނިޢުމަތްތައް މިންވަރު ކުރެއްވެވުމުން ﷲ ތަޢާލާގެ މަތިން ހަނދުމަނުކުރެވޭތީއެވެ. ޝުކުރުވެރިވެ ހެޔޮ ޢަމަލުތައް ކުރުމުގެ ބަދަލުގައި ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރެވޭތީއެވެ. 

މީސްތަކުންނޭވެ! ތިބާއަށް ރީތިކަން ދެއްވެވި ނަމަވެސް، ތަނަވަސްކަން ދެއްވެވި ނަމަވެސް އުފާވެރިކަން ދެއްވެވިނަމަވެސް، ޒަވާޖީ ހަޔާތުގައި ކުރިއަރައި ކާމިޔާބު ލިބެމުން ދިއަ ނަމަވެސް ސުބްޙާނަﷲ، މާޝާﷲ، ތަބާރަކަﷲ، ކިޔައި ﷲ ތަޢާލާއަށް ޝުކުރުވެރިވާށެވެ! އެކަން ތިބާގެ ޢަމަލުތަކުން ދައްކާށެވެ. 

ހަނޑާންކޮށްދޭން މިޖެހެނީ ހަމަ އެއްކަމެކެވެ. ﷲ ތަޢާލާއަށް ޝުކުރުވެރިވާނަމަ ދެއްވަވާ ނިޢުމަތްތައް އިތުރުކުރައްވަވާނެ ކަމެވެ. ތަނަވަސްކަމާއި އުފާވެރިކަން އިތުރުކޮށް ދެއްވަވާނެ ކަމެވެ. ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ އަޅުންނަކީ ގިނަގިނައިން ޝުކުރުވެރިވާ އަޅުންނެވެ. ހަމައެކަނި ދުލަކުން ނޫނެވެ. ދުލާއި ޢަމަލުންނެވެ. މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ ތަޢާލާއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން