ޢިލްމު ހޯދުމަށްފަހު އެއަށް ޢަމަލު ނުކުރުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. އަދި ޙަދީޘުފުޅުތަކާއި ކީރިތި ޤުރްއާނުގެ އާޔަތްތައްވެސް އެކަމަށް ބަޔާންކޮށްދެއްވާފައިވެއެވެ.
އެގޮތުން ﷲ ތަޢާލާ ޞައްފު ސޫރަތުގެ 2 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا لِمَ تَقُولُونَ مَا لَا تَفْعَلُونَ ﴿٢﴾ كَبُرَ مَقْتًا عِندَ اللَّهِ أَن تَقُولُوا مَا لَا تَفْعَلُونَ ﴿٣﴾
މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ތިޔަބައިމީހުން ބުނެއުޅެނީ ކީއްވެގެން ހެއްޔެވެ؟ (2) ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ބުނުން، اللَّه ގެ حضرة ގައި ނުރުއްސެވުން ބޮޑުވެގެންވެތެވެ. (3)"
ތާބިޢީ ބޭކަލެއް ކަމަށްވާ މުޡައްރިފް ބުން ޢަބްދުﷲ އައްޝަޚީރު ކުރައްވާފައިވާ ދުޢާއެއްގައި ވެއެވެ.
اللهم إني أعوذ بك..أن يكون أحدٌ أسعد بما علمتني مني، وأعوذ بك أن أكون عبرة لغيري
މާނައީ: އޭ ﷲ އެވެ. އިބަ ﷲ އުނގަންނަވައިދެއްވި ޢިލްމުން މިއަޅާއަށްވުރެ ބޮޑަށް އެހެންމީހަކު ބާއްޖަވެރިވުމުން މިއަޅާ އިބަ ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ. އަދި މިއަޅާ އެހެން މީސްތަކުންނަށް ހުރި ޢިބްރަތެއް ކަމުގައި ނުވުމަށްވެސް އިބަ އިލާހުގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ."