އަންހެނަކަށް އެއްޗެއް ދީފިނަމަ ދިން އެއްޗެއް އަނބުރައެއް ނުލިބޭނެއެވެ. ނަމަވެސް އެތައް ގުނައަކުން އިތުރުކޮށްދޭނެއެވެ. އެއީ އެމީހުންގެ ހަށިގަނޑުގައިވާ ވަރަށް ބަރާބަރު ސިފައެކެވެ.
މިޘާލަކަށް ގެއަށް ކާބޯތަކެތި ވައްދައިފިނަމް އެތައް ބާވަތެއް އެއްކޮށްގެން ކައްކާފައި ދޭނެއެވެ. ފަންޏެއް ދީފިނަމަ އަނބުރާވ އެފަންޏެއް ނުދޭނެއެވެ. ދޭނީ ދިން ފަނި އެތައް މިލިއަނަށް ސައިޒުން ބޮޑުކޮށްލާފައި ދަރިއެކެވެ. ގެއެއް ދީފިނަމަ އެގެއަކަށް ބޭނުންވާ ހުރިހާ އެއްޗެއް ހޯދައި އިތުރަށްވެސް ގެއަށް ވައްދާނެއެވެ.
ދެން ނިކަން ބުނެބަލާށެވެ! އޭނާއަށް ހިތްދަތިކަން ދީފިނަމަ އަނބުރައި ދޭނީ ކޮން އެއްޗެއް ހެއްޔެވެ؟ އެކަން އެތައް ގުނައަކަށް ތިބާއަށް އިތުރަށް ޖައްސުވައި ތިބާގެ ބޯ ގޮއްވައިނުލާނެކަމަށް ޤަބޫލުކުރަން ހެޔޮވެދާނެ ހެއްޔެވެ؟
މިއީ ސަމާސައަކަށް ހަދައިގެން މީހަކު ސޯޝަލް މީޑިއާގައި ބުނެފައިވާ ވާހަކައެކެވެ. ސަމާސައަކަށް ހަދައިގެންވެސް އެމީހަކު ބުނެފައި އެވަނީ ވަރަށް ބޮޑު ތެދެކެވެ. އަނބިމީހާ ހިތްދަތިކުރުވާފައި ބަހައްޓާނަމަ ވަޤުތު ޖެހުމުން ފިސާރި ބާރުމިނެއްގައި ތިބާގެ ބޯ ގޮއްވައިލާނެއެވެ. ވީމާ އަންބަކު ހިތުގައި ޖެއްސުވުމުގެ ކުރިން ފިސާރި ރަނގަޅަށް ވިސްނާށެވެ! ހިފައިގެން ހުންނަ އައްޑަނަ ފޫއަޅުވާލާފައިވެސް ތިބާއަށް ސަލާމަތް ނުވެވޭވަރުގެ ފިށާރި ވަރުގަދަ ޙަމަލާތަކެއް ދޭނެއެވެ.
- އަލަފް / މިއަދުނޫސް