މިކަންކަމަށް ވިސްނައިފިނަމަ ކިތަންމެ ކުޑަކުޑަ ފާފައެއް ކުރަންވެސް ބިރުގަންނާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
މިކަންކަމަށް ވިސްނައިފިނަމަ ކިތަންމެ ކުޑަކުޑަ ފާފައެއް ކުރަންވެސް ބިރުގަންނާނެ! އިން ޝާ ﷲ

އަހުރެމެންނަށް ފާފަކުރެވެނީ ކީއްވެގެންކަން ހުރިހާ މުސްލިމުންނަށްވެސް އެނގޭނެއެވެ. ފުރަތަމަ ސަބަބަކީ އަހުރެމެންނަކީ މުސްލިމުން ކަމުގައިވީތީ އަހުރެމެންގެ ބަލިކަށިކަމެވެ. ދެވަނަ ސަބަބަކީ ޝައިޠޯނާ ދޭ ވަސްވާސްތަކެވެ.  

ފާށފައެއް ކުރެވެންދެން އެފާފައެއް ޝައިޠޯނާ ޒީނަތްތެރިކުރާނެއެވެ. އެކަމެއް ކުރުމުން ލިބޭނެ އަރާމާއި އުފާވެރިކަން ވިސްނައިދޭނެއެވެ. އަދި ﷲ ތަޢާލާ ފާފަފުއްސަވައިދޭނެކަންވެސް ވިސްނައިދޭނެއެވެ. ފާފަކުރެވޭއިރަށް ދެން މަސައްކަތްކުރާނީ ފާފަފުއްސަވައި ނުދެއްވަވާނެކަން ވިސްނައިދީ މާޔޫސްކުރުވާށެވެ. މިކަންކަމަކީ ކޮންމެ ދަރުސެއގައިހެން ކިޔައިދެވޭ ކަންކަމެވެ. 

އެހެންވެ އަހުރެންވެސް ވާހަކައެއް ބުނެލާނަމެވެ. ފާފައެއް ކުރެވެން އުޅޭނަމަ ފުރަތަމަވެސް ނަރަކައ މަތިން ހަނދާންކޮށްލާށެވެ! ކުރެވެން މިއުޅޭ ފާފައަކީ ތިމާއަށް ނަރަކައަށް ވަންނަން ޖެގިދާނެ ސަބަބުކަމަށްވެދާނެކަން ހިތަށް ގެނުވާށެވެ!  

ގޮތްބަލަންވެސް ނިކަން މިކަން ތަޖުރިބާކޮށްލައިބަލާށެވެ! އިޚްލާޞްތެރި ހިތަކުން މިކަންކަމަށް ވިސްނާލައިފިނަމަ ނިތްކުރިން އޮށްދައުހިއްލަން ފަށާނެއެވެ. ބިރުން ތުރުތުރުއަޅަންފަށާނެއެވެ. ހަށިގަނޑު ފިނިވެގެންދާނެއެވެ. ނަތީޖާއަކަށްވާނީ ކުރެވެން އުޅުނު ފާފައިން ލިބިދާނެ ދެރައިގެ ބޮޑުކަން ވިސްނި ފާފަކުރަން ބޭނުން ނުވުމެވެ.  

އެންމެ ބޮޑު އެއްމައްސަލައަކަށްވަނީ ކުރެވެން އުޅޭ ފާފައިގައި މިންއެޅޭކަމެވެ. ކުޑަކުޑަ ފާފައެއްކަމަށް ޤަބޫލުކުރެވޭ ކަމެވެ. ނިކަން ބުނެބަލާށެވެ! އެންމެ ގިނައިން ކުރެވޭ ފާފަތައް ކަމުގައިވާ ފާޙިޝް ޢަމަލުތައް ކުރުން، ޒިނޭކުރުން، ބަނގުރާބުއިން، މަސްތުވާތަކެތި ބޭނުންކުރުން، ޖުވާކުޅުން، ސިޙުރުހެދުން، މީހުންނަށް ލަނޑުދިނުން، ދެރަދިނުން ފަދަ އެއްވެސް ފާފައަކީ ކުޑަފާފައެއް ކަމަށް ބުނެވޭނީ ކިހިނަކުންހެއްޔެވެ؟  

ބައެއް މީހުންނަށް ވިސްނެނީ ކޮންމެ ފާފައަކަށް ދެއްވަވާނީ އެއް ޢަޛާބުކަމަށްވުމުން އެއީ ވަރަށް ކުޑަކުޑަ ކަމެއްގެ ގޮތުގައެވެ. ނިކަން ބުނެބަލާށެވެ! އެ އެންމެ ޢަޛާބުގެ ހުންނާނެ ބުރަދަން އެނގެނީ ކާކަށް ހެއްޔެވެ؟ މީޒާނުގައި ޢަމަލުތައް ކިރައިލެވޭހިނދު އެ އެންމެ ފާފައިގެ ބުރަދަނުން ސަލާމަތްވެވޭނީ ކިހައިގިނަ ހެޔޮ ޢަމަލަކުންކަން އެނގެނީ ކާކަށް ހެއްޔެވެ؟  

މިކަންކަމަށް ވިސްނައިފި މީހަކު އެނގިހުރެގެން ހަމަ އެންމެ ފާފައެއްވެސް ނުކުރާނެއެވެ. ބިރުގަންނާނެއެވެ. ކިތަންމެ ކުޑަ ނަމަވެސް ފާފައެއް ނުކޮށް ހުންނަން އެމީހަކަށް ކުރެވުނުހައި ގިނަ މަސައްކަތްތަކެއް ކުރާނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން