އަބަދުވެސް މިދުޢާ ހިތުގަ ބާއްވާށެވެ! ކިތަންމެ ބޮޑުކަމެއް ކުރިމަތިވިނަމަވެސް ސަލާމަތްކޮށް ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
އަބަދުވެސް މިދުޢާ ހިތުގަ ބާއްވާށެވެ! ކިތަންމެ ބޮޑުކަމެއް ކުރިމަތިވިނަމަވެސް ސަލާމަތްކޮށް ދެއްވަވާނެ! އިން ޝާ ﷲ

ކުރިމަތީގަ ބަޑި ހިފައިގެންހުރެ ބަޑިދިއްކޮށް ބިރުދެއްކިނަމަވެސް، ވަޅި ހަރަން އުޅުނަސް، ޢިއްފަތްތެރިކަން ފޭރިގަންނަން އުޅުނަސް އަދި ކިތަންމެ ބޮޑު ބިރުވެރިކަމެއް ކުރިމަތިވިނަމަވެސް މިދުޢާކުރާށެވެ!  

حَسْبِيَ اللَّهُ لَا إِلَٰهَ إِلَّا هُوَ ۖ عَلَيْهِ تَوَكَّلْتُ ۖ وَهُوَ رَبُّ الْعَرْشِ الْعَظِيمِ 

“Sufficient for me is Allah; there is no deity except Him. On Him I have relied, and He is the Lord of the Great Throne.” 

"ތިމަންކަލޭގެފާނަށް ﷲ ފުދެއެވެ. އެކަލާނގެ މެނުވީ (ޙައްޤު ވެގެން އަޅުކަމެއް ވެވޭ) އިލާހަކު ނުވެއެވެ. ހަމައެކަނި އެކަލާނގެއަށް ތިމަންކަލޭގެފާނު ވަކީލު ކުރައްވައިފީމެވެ. އެކަލާނގެއީ، ބޮޑުވެގެންވާ ޢަރްޝުގެ ވެރިރަސްކަލާނގެއެވެ."

(ތަވްބާ: 129)  

ދުޢާގައި މިބަޔާންކުރަނީ ﷲ ތަޢާލާ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމާއި އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށްކަމާއި އެކަލާނގެއީ އެންމެ މަތިވެރިވަންތަ، ޢަރުޝިގެ ވެރި ރަސްކަލާނގެކަމާއި އަދި އަހުރެމެންގެ ހުރިހާ ބޭނުންތަކަށް ﷲ ތަޢާލާ ފުދިވޮޑިގެންވާ ކަމެވެ. އަދި އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ވަކީލްކުރާކަންވެސްމެއެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިދުޢާއަކީ ކޮންމެ ދުވަހަކު ކުރާ ދުޢާއަކަށްހަދާށެވެ! ހަނޑާން އައުކުރަމުން ގެންދާ ދުޢާއަކަށް ހަދާށެވެ. ކޮންމެ ބޮޑުކަމެއް ޖެހޭ ހިނދު އެކަމަށް ކުރަން ޚާއްޞަ ދުޢާއެއް ނުއެނގުނަސް މިދުޢާއިން ފުދޭނެއެވެ. ފުދި އިތުރުވެސްވާނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން