"ނަސްރުގެ ދުވަހުގެ ހެޔޮ ދުޢާއާއި ތަހްނިޔާ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން! ނަސްރުގެ ދުވަހުގެ ޒިކުރާ އާކޮށް އެ ދުވަހާއި ބެހޭ މަޢުލޫމާތު، ޚާއްސަކޮށް ޒުވާނުންނަށް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ މުހިއްމު ކަމަށްޓަކައި، 2024 އިން ފެށިގެން ނަސްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން ސަރުކާރުން ފުރިހަމަޔަށް ދޭނެ ވާހަކަ ދަންނަވަން."
މިއީ ރާއްޖޭގައި މިއަދު ފާހަގަކުރާ ނަބްރުގެ ދުވަހާއި ގުޅިގެން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ބަސްފުޅެކެވެ.
ނަބްރުގެ ދުވަހާއި ބެހޭ ޙަޤީޤަތްތައް ހޯދުމުގައި ސަރުކާރުތަކުން ވަނީ ވަރަށް ބޮޑަށް ފޭލްވެފައެވެ. ރާއްޖެއަށް އަރައިގަނެ އެތައް ބައަކު ޝަހީދުކުރި ތަމަޅަ ޓެރަރިސްޓުންނަކީ ކޮންބައެއްގެ ޙިމާޔަތުގައި ، ކޮންބައެއްގެ މާލީ އެހީތެރިކަމުގައި، ކޮންބައަކު ބުނާ ކަންކަން ކުރަމުން އައި ބައެއްކަން ހާމަކުރަން ވަނީ ނުކުޅެދިފައެވެ. އެކަމުގައި ރޭވިފައިވާ އަސްކަރީ ސިއްރުތައް ހާމަކުރަންވެސް ވަނީ ޖެހިލުންވެފައެވެ.
ނަޞްރުގެ ދުވަހާއި ގުޅޭ ޙަޤީޤަތްތަކަކީ ސްކޫލްތަކުގައި ދަރިވަރުންނަށް ކިޔަވައިދޭންޖެހޭ ކަންކަމެވެ. އެކަމަށްވެސް އޮތީ ދޭންޖެހޭ މިންވަރަށް ސަމާލުކަން ނުދެވިއެވެ. ޤައުމިއްޔަތަށް ދަރިވަރުންގެ ހިތްތަކުގައި ލޯބި ޖެއްސުވޭނީ މިފަދަ ކަންކަން އޮޅުންފިލުވައިދެވުނުވަރަކުންނެވެ.
ނަސްެރުގެ ދުވަހުގެ ހެޔޮ ދުޢާއާއި ތަހްނިޔާ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން! ނަަސްރުގެ ދުވަހުގެ ޒިކުރާ އާކޮށް އެ ދުވަހާއި ބެހޭ މަޢުލޫމާތު، ޚާއްސަކޮށް ޒުވާނުންނަށް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ މުހިއްމު ކަމަށްޓަކައި، 2024 އިން ފެށިގެން ނަސްރުގެ ދުވަހަށް… pic.twitter.com/ErFNhbBJfH
— Dr Mohamed Muizzu (@MMuizzu) November 3, 2023