ތަކްލީފެއް ކުރިމަތިވެއްޖެނަމަ ފުރަތަމަވެސް ތިމާގެ ކިބައިން ދެރައެއް ލިބިފައިވާ މީހުންގެ ކިބައިން މާފަށް އެދޭށެވެ! އޭނާގެ ދުޢާގެ ސަބަބުން ކަމަށްވެދާނެތީއެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ތަކްލީފެއް ކުރިމަތިވެއްޖެނަމަ ފުރަތަމަވެސް ތިމާގެ ކިބައިން ދެރައެއް ލިބިފައިވާ މީހުންގެ ކިބައިން މާފަށް އެދޭށެވެ! އޭނާގެ ދުޢާގެ ސަބަބުން ކަމަށްވެދާނެތީއެވެ!: މުފްތީ މެންކް

ތިބާއަށް ތަކްލީފެއް އުފުލަން ޖެހިއްޖެނަމަ ފުރަތަމަ ކަމަކަށްވެސް ކުރަން އޮތް ކަމަކީ ތިމާއަށް ކުރެވިފައިވާ ކަންކަން ހަނދާންކޮށްލެވުމެވެ. ފާފައެއް ކުރެވިފައިވޭތޯ އާއި އެއްވެސް މީހަކަށް އެއްވެސް ބާވަތެއްގެ ދެރައެއް ދެވިފައިވާކަމާއިމެދު ވިސްނައިލާށެވެ!  

އެމީހަކަސް ކުރެވޭ ކަންކަމަށް މިދުނިޔޭގައިވެސް އަދި އާޚިރަތް ދުވަހުވެސް ޢަޛާބު ދެއްވަވަތެވެ. ބައެއް ކަންކަމަށް މިދުނިޔޭގައި ޢަޛާބު ނުދެއްވަވައި ހިނގައިދާނެއެވެ. ނަމަވެސް ޢާޅޚިރަތް ދުވަހަކީ ތިމާ ކުރި ހުރިހާ ކަންކަމާއި ކުރިމަތިލާން ޖެހޭނެ ދުވަހެވެ.  

ވީމާ އަހުރެމެންނަށް އޮތީ ތައުބާވުން ގިނަކުރުމެވެ. ފާފަނުކުރަން މަސައްކަތްކުރުމެވެ. އެހެން މީހެއްގެ ޙައްޤަކަށް އަރައިނުގަތުމާއި އަދި އެއްވެސް ދެރައެއް ނުވަތަ ގެއްލުމެއް ނުދިނުމެވެ. ތިބާގެ ސަބަބުން އެއްވެސް މީހަކަށް ދެރަ ނިކަމެތި ކަމެއް ލިބިއްޖެނަމަ އެކަން ވާނީ ތިބާ ކުރި އަނިޔާއަކަށެވެ. އަނިޔާ ލިބިގެންވާ ދުޢާއަށް އެއްވެސް ހުރަހެއް ނެތެވެ.  

ވީމާ ތިމާއަށް ތަކްލީފެއް އުފުލަން ޖެހިއްޖެނަމަ މިކަންކަމަށް ރަނގަޅަށް ވިސްނާށެވެ. ތިބާގެ ކިބައިން އެއްވެސް މީހަކަށް ދެރައެއް ލިބިފައިވާނަމަ އެމީހަކަށް ބަދަލުދީ މާފަށް އެދެން އަވަސްވެގަންނާށެވެ. އޭނާގެ ދުޢާއިން ސަލާމަތްވެ ހުރުމަށެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން