އެހެން އަޚުންގެ އަޢިބުތައް ހޯދައި ފަޟީޙަތް ކުރަން މަސައްކަތް ނުކުރާށެވެ! އެކަން ތިބާ އާއި އަރާ ހަމަކުރާނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 43ސ
އެހެން އަޚުންގެ އަޢިބުތައް ހޯދައި ފަޟީޙަތް ކުރަން މަސައްކަތް ނުކުރާށެވެ! އެކަން ތިބާ އާއި އަރާ ހަމަކުރާނެއެވެ!

ނަބިއްޔާ حديث ކުރައްވާފައިވަނީ، يَا مَعْشَرَ مَن أسْلَمَ بِلِسَانِهِ އޭ ހަމައެކަނި ދުލުކޮޅުން އިސްލާމްވި މީހުންނޭވެ. وَلَمْ يَدْخُلِ الإيْمَانُ قَلْبَهُ އެމީހެއްގެ އީމާންކަން އެމީހެއްގެ ހިތަށް ވަދެފައި ނުވާ މީހުންނޭވެ.!

لاَتُأْذُلْ المُسْلِمين އިސްލާމުންނަށް ތިޔަބައިމީހުން އުނދަގޫ ނުކުރާށެވެ. ތިޔަބައިމީހުންގެ ދޫތަކުން އެމީހުނަށް ފުރައްސާރަ ނުކުރާށެވެ. وَلاَ تُعَيِّرُوْهُمْ އަދި އެބައިމީހުނަށް ޢައިބު ނުކިޔާށެވެ. وَلاَ تَتَّبِعُو عَوْرَاتِهِمْ  އަދި އެބައިމީހުންގެ ޢައުރާތުތަކަށް އަދި އެބައިމީހުންގެ ޢައިބުތަކާއި، އުނި ކަންކަމަށް ތިޔަބައިމީހުން ތަބަޢަ ނުވާށެވެ. އެކަންކަން ހޯދާ ފަސްފަހަތުން ނުދުވާށެވެ. فَإِنَّهُ مَن تَتَبَّعَ عَورَة أخِيْهِ المُسْلِمْ  މުސްލިމް އަޚެއްގެ ޢައިބުތަކެއް ހޯދުމަށްޓަކައި ފަސްފަހަތުން ހިނގަންފަށައިފި ކަމުގައިވާނަމަ يَتَتَبَّعِ اللهَ عَوْرَتَهُ، الله سُبحَانَهُ وَتَعَالَى  އެބައިމީހުންގެ ޢައިބުތަކާއި އުނި ކަންކަން ފަޟީޙަތް ކުރައްވާނެތެވެ. 

وَوَتَتَبَّعِ الله عَورَتَهُ  يَحْفَظُهُهُ  وَلَو فِى جَوفِ بَيْتِهِ މީހެއްގެ މުސްލިމެއް ފަޟީޙަތް ކުރުމަށްޓަކައި ޙައްޤުން ކަމަކާނުލައި އޭނާއާއި ބެހޭގޮތުން ވާހަކަ ދައްކަމުންދާމީހާ އެމީހެއްގެ ފަހަތުން އެމީހެއްގެ ޢައިބުތަކާމެދު  الله سُبحَانَهُ وَتَعَالَى ބައްލަވާ ވޮޑިގެން އެކަންކަން އެމީހެއްގެ ފަސްފަހަތުން الله سُبحَانَهُ وَتَعَالَى  އެކަންކަން ބައްލަވާ ވޮޑިގެން ފާޅުކުރައްވަން ފަށްޓަވައިފި ކަމުގައިވާނަމަ يَحْفَظُهُهُ  وَلَو فِى جَوفِ بَيْتِهِ އޭނާ އޭނާގެ ގޭގެ އެތެރޭގައި ފިލާވަންހަނާވެ އޮތްކަމުގައިވާނަމަވެސް الله سُبحَانَهُ وَتَعَالَى  އޭނާ ފަޟީޙަތް ކުރައްވާނެ. މުސްލިމަކު ފަޟީޙަތް ކޮށްފައި މުސްލިމެއްގެ ޢަބުރު ކަތިލާފައި، ތިމާމެންނަށް ފިލާ ރައްކާވެ ތިބެވޭނެ ކަމުގައި ހީނުކުރާތި ދުނިޔޭގައިވެސް الله سُبحَانَهُ وَتَعَالَى އެބަޔަކު ފަޟީޙަތް ކުރައްވާނެ. އުޚުރަވީ ޙަޔާތުގައި ވެސް އެބަޔަކު الله سُبحَانَهُ وَتَعَالَى  ފަޟީޙަތް ކުރައްވާނެ.

- ޝައިޚް އަޙްމްދު ސަމީރުގެ ދަރުސަކުން   

މުސްލިމުން ފަޟީޙަތްކުރަން ޢަދުއްވުން ވަރަށް ގިނަ މަސައްކަތްތަކެއް އަބަދުވެސް ކުރެއެވެ. ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ޣައްޒާއަށް ދެމުންގެންދާ ޢުދުވާނީ ހަމަލާތަކާއިއެކުވެސް މުސްލިމުން ފަޙީޙަތް ކުރުން ވަނީ އިތުރުވެފައެވެ. ޢަރަބި ހެދުން ލައިގެން ތިބެވެސް ބައެއް މީހުން އެފަދަ ވާހަކަތައް އެބަ ދައްކައެވެ. 

ޢަރަބި ހެދުންލާ ކޮންމެ މީހަކީ މުސްލިމެއް ނޫނެވެ. މުސްލިމަކަށް ވެވޭނީ ލާ ހެދުމަކުން ނޫނެވެ. ﷲ ތަޢާލާއަށް އީމާންވެ އިސްލާމް ދީން ޤަބޫލުކުރުމުންނެވެ. މިޞުރާއި އެހެންވެސް ބައެއް ޤައުމުތަކުގެ ރައްޔިތުންގެ ތެރޭގައި މުސްލިމުން ނޫން މީހުން އުޅެއެވެ. ކްރިސްޓިއަނުންވެސް އުޅެއެވެ. އެއެންމެންވެސް ވާހަކަދައްކަނީ ޢަރަބިބަހުންނެވެ. 

ވީމާ ސޯޝަލް މީޑިއާތަކުން ފެންނަ ވީޑިއޯތައް ބަލައި އެފަދަ ވާހަކަތައް އެދައްކަނީ މުސްލިމުން ކަމަށް ބަލައި އެމީހުން ދައްކާ ވާހަކަތައް ޤަބޫލުކުރުމެއް ނެތެވެ.

މުސްލިމުން ފަޟީޙަތްކޮށްފަ ފިލަން ވަދެވޭނެ އަމާންތަނެއް ނެތެވެ. ކޮންމެ ތަނަކު އޮތަސް ފަޟީޙަތް ކުރައްވަވާނެއެވެ. މިހާރުވެސް ދަނީ އެތަން ފެންނަމުންނެވެ.

މިއަދު އޮންލައިން