ތިބާގެ ފުރާނަ ހަށިގަނޑުން ނެރުއްވަވާނީ ދަގަނޑު ބުޅިގަނޑުތަކެއް ހަށިގަނޑުތެރެއިން ދަމައި ނެރެވޭފަދަ ގޮތަކަށް ކަމަށް ވެދާނެތީ ބިރެއް ނުގަނޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ތިބާގެ ފުރާނަ ހަށިގަނޑުން ނެރުއްވަވާނީ ދަގަނޑު ބުޅިގަނޑުތަކެއް ހަށިގަނޑުތެރެއިން ދަމައި ނެރެވޭފަދަ ގޮތަކަށް ކަމަށް ވެދާނެތީ ބިރެއް ނުގަނޭތަ؟

ފާފަތައް ކޮށް ތައުބާ ނުވެވި ހުއްޓައި ތިމާގެ މަރު އައިސް އެމީހަކާއި ބައްދަލުކޮށްފާނެ ކަމަށް ބިރުނުގަންނަނީ ހެއްޔެވެ؟

ދުނިޔޭގައި ނުބައި ޢަމަލުތައްކޮށް އުޅުނު މީހުންގެ ފުރާނަ ހިއްޕަވާ ވަގުތު މަރުގެ މަލާއިކަތާ އެމީހެއްގެ ފުރާނަ އާއި މުޚާތަބް ކުރައްވަވާނީވެސް "ޝައިޠާނީ ފުރާނަ"އިގެ ނަމުންނެވެ. ވިދާޅުވާނީ "ﷲ ތަޢާލާގެ ކޯފާވެވޮޑިގަތުމާއި ގަދަ ޢަޛާބާއި ކުރިމަތިލުމަށް އަވަހަށް ނުކުންނާށެވެ!"

ނަމަވެސް ފުރާނަ ނުނުކުންނަން ގަދަ ހަދާނެއެވެ. ގަދަ ހެދިނަމަވެސް ދަންމަވައި ނެރުއްވަވާނެއެވެ. ކައިރީގައި ތިބޭ މީހުންނަށް އެކަން އިޙްޞާޞް ނުކުރެވުނު ނަމަވެސް އެމީހާއަށް އިޙްޞާޞް ކުރެވޭނީ ދަގަނޑު ބުޅިގަނޑުތަކެއް ހަށިގަނޑުތެރެއިން ދަމައި ނެރެވޭފަދަ ގޮތަކަށެވެ. އެވަގުތު އެމީހާއަށް އިޙްޞާޞް ކުރެވޭނެ ތަދު އެއީ ބަޔާންކޮށްދެވޭނެ ކަމެއް ނޫނެވެ.

މީސްތަކުންނޭވެ! މިކަންކަމަށް ބިރުވެތިވާނަމަ އަމަލުތައް އިޞްލާޙްކުރާށެވެ! އަވަހަށް ތައުބާވާށެވެ! މިއީ ހަމައެކަނި މަރުވުމުގެ ވަގުތެވެ! ކައްވަޅުގެ ޢަޛާބާއި ނަރައިގެ ޢަޛާބާއި ކުރިމަތިލާން ޖެހިއްޖެ ނަމަ ޙާލަކީ ކޮބައި ހެއްޔެވެ؟

މަރުވުމުގެ ވަގުތުގައި އެމީހެއްގެ ވަށައިގެން ޢާއިލާ އާއި ރަހްމަތްތެރިންގެ ތެރެއިން ކިތަންމެ ގިނަ ބައަކު ތިބި ނަމަވެސް އެއިން އެއްވެސް މީހަކު ތިބިކަން އިޙްޞާޞް ކުރެވޭނީ ވެސް ހެޔޮލަފާ މީހުންނަށެވެ. އެ ނޫން މީހުންނަށް އިޙްޞާޞްވެސް ނުކުރެވޭނެއެވެ. މަރުގެ މަލާއިކަތާ އާއި މަރުގެ މަލާއިކަތާ އާއިއެކު ވަޑައިގަންނަވާ މަލާއިކަތުން ފެނުމުން ގަންނަ ބިރެއްގެ ބޮޑުކަމުންނެވެ.

މަރުވުމުގެ ވަގުތުކޮޅެއް ކުރިން ބައެއް މީހުންގެ ދޫތަޅުލެވި ބަސް ހުއްޓެނީވެސް އެހެންވެގެން ކަމަށް ވެދާނެއެވެ. އެވަގުތު އެތަނުގައި ތިބޭ މީހުންގެ އެހީތެރިކަމަށް އެދެން ބޭނުންވާނެއެވެ. ނަމަވެސް ވާހަކައެއް ނުދެއްކޭނެއެވެ. ގަންނަ ބިރު ބޮޑުކަމުން އަޑުގަދަކުރަންވެސް ބޭނުންވާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން